ޚަބަރުސިޔާސީ

މާލެއަށް މީހުން ޖަމާނުވާހެން ރަށްރަށުގެ ކަންކަން އިންތިޒާމް ކުރަންޖެހޭ: ރައީސް ސޯލިހު

މާލެއަށް މީހުން ޖަމާނުވާހެން ރަށްރަށުގެ ކަންކަން އިންތިޒާމް ކުރަންޖެހޭ ކަމަށް ރައީސް އިބްރާހިމް މުޙައްމަދު ޞޯލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ނ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ނ. މަނަދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ ރާއްޖޭގެ ތަރައްޤީގެ ޕްލޭނަކީ ލާމަރުކަޒީ ނިޒާމުން ރާއްޖޭގެ ރަށްތައް ތަރައްޤީކޮށް އެ މީހަކު ހުރި ހިސާބަކުން، ހުރި ރަށަކުން ބޭނުންވާ ޚިދުމަތް ދީ، ދަތުރުފަތުރުކުރުމުގައި ދިމާވެފައިވާ ދަތިތައް ޙައްލުކުރުމަށް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ރާއްޖޭގެ އެއް ރަށާއި އަނެއް ރަށް ގުޅާލުންކަމުގައެވެ.

ބޯހިޔާވަހިކަމުގެ ސިޔާސަތަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ މާލޭ ރައްޔިތުންގެ ބޯހިޔާވަހިކަން ޙައްލުކުރުމަށް މާލޭގައި އެކަނި ބޯހިޔާވަހިކަމުގެ މަޝްރޫޢު ހިންގުމަކީ ޙައްލެއް ނޫންކަމަށާއި މާލެއަށް މީހުން ޖަމާނުވާނެހެން ރަށްރަށުގެ ކަންކަން އިންތިޒާމްކޮށް، ރަށްރަށުގައި އަސާސީ ޚިދުމަތްތައް ތަރައްޤީކުރުމަކީ މުހިންމުކަމެއް ކަމަށެވެ.

މީގެ އިތުރުންވެސް ރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަކީ ތަރައްޤީއަށް ނުހަނު ބޭނުންތެރި ނިޒާމެއް ކަމަށާއި، ރާއްޖޭގެ ރަށްތައް ހައި ސްޕީޑް ފެރީގެ ނިޒާމަކުން ގުޅާލުމުގެ މަޝްރޫޢާ ގުޅެގޮތުން ރައީސް އާއި އެ މަނިކުފާނުގެ ޓީމުން ވަނީ ވާހަކަފުޅުދައްކަވާފައެވެ.

މި ބައްދަލުކުރެއްވުމުގައި މަނަދޫ ރައްޔިތުން ވަނީ ތަރައްޤީއާ ގުޅޭގޮތުން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއި އިޙްސާސްތައް ރައީސް އާއި ހިއްސާކުރައްވާފައެވެ. މި ގޮތުން މަނަދޫ ރައްޔިތުން ވަނީ އިއާދަކުރަނިވި ހަކަތައާއި، މަގުހެދުމާއި، ނަރުދަމާގެ މައްސަލަ ޙައްލުކުރުމާއި، ބޯހިޔާވަހިކަމުގެ އިތުރުން އިޤްތިޞާދީ ޙަރަކާތްތައް ހިންގުމަށް ލޯކަލް މާރުކޭޓެއް އެޅުމާއި، މަނަދޫގެ ޞިއްޙީ ނިޒާމު ހަރުދަނާ ކުރުމާ ގުޅޭގޮތުން ހުރި ކަންބޮޑުވުންތައް ހިއްސާކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button