ޚަބަރުސިޔާސީ

ގައުމީ ބަތަލުންގެ ޒިކުރާ އައުކޮށް އިބުރަތް ހާސިލުކުރަންޖެހޭ: ނަރީޝް

ގައުމީ ބަޠަލުންގެ ޒިކުރާ އައުކޮށް އެއިން އިބްރަތް ދިވެހީން ހާޞިލުކުރަން ޖެހޭކަމުގައި މާލެ ސިޓީ ކައުންސިލްގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދަޅުވެއްޖެއެވެ.

ނަރީޝް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކިއެކި ފަހަރުމަތިން ރާއްޖެ އަޅުވެތިކަމަށް ގޮސްފައިވަނީ ދިވެހިންގެ ތެރެއިން މަދުބައެއްގެ ހިތްތަކުގައި ގައުމީ ލޯބި ނެތުމުން ކަން ތާރީހު ހެކިދޭ ކަމަށެވެ.

ނަރީޝް ވިދާޅުވީ މަދުބައެއްގެ އަމިއްލަ މަސްލަހަތާއި ޝާނާއި ޝައުކަތަށް އިސްކަން ދިނުމުގެ ސަބަބުން މާޒީގައި ދިވެހިން ތަހަންމަލް ކުރި ކަންކަމުގެ މަތިން ހަނދާން ނައްތާލައިގެން ނުވާނެ ކަމަށެވެ. އަދި މާޒީ އަކީ މާޒީ އަކީ މުސްތަގުބަލު ބަލާ ލޯގަނޑުކަން ހަނދާން ނައްތާލައިފިނަމަ ގައުމުގެ މަތިން ހަނދާން ނައްތާލެވުނީކަމުގައި ވެސް ނަރީޝް ވިދާޅުވިއެވެ.

ނަރީޝް މިފަދައިން ވިދާޅުވެފައި މިވަނީ ދިވެހި ރާއްޖޭގައި ތިބި ބޭރުގެ އަސްކަރިއްޔާ ބޭލުމަށް ގޮވާލާ ކުރިއަށްގެންދާ ”އިންޑިއާ އައުޓް“ ހަރަކާތުގެ އަޑު ގަދަވެފައިވާ ދަނޑިވަޅެއްގައެވެ.

ފާއިތުވެދިޔަ 2 ހަފްތާގެ ތެރޭގައި އިންޑިއާ ސިފައިން ބޭލުމަށް ގޮވާލާ މާލޭގެ އެކިއެކި ސަރަހައްދުތަކުގައި ހަރުކޮށްފައިވާ ބެނާތަށް ފުލުހުން ލައްވާ ނަގާފައިވާކަން ފާހަގަކޮށްލެވެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button