ޚަބަރު

ޕާކިންގ ސްލޮޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު އަލުން ހުޅުވާލައިފި

ޕާކިންގ ސްލޮޓްތަކަށް އެދި ހުށަހެޅުމުގެ ފުރުސަތު މާލެ ސިޓީ ކައުންސިލުން އަލުން ހުޅުވާލައިފިއެވެ.

ސިޓީ ކައުންސިލުން ކުރި އިއުލާނެއްގައި ބުނީ މާލޭގައި ތަރައްޤީކޮށްފައިވާ 211 ޕާކިންގ ސްލޮޓަށް ކުރިމަތި ލާފައިވާ ފަރާތްތަކުގެ މެދުގައި 05 ޖަނަވަރީ 2022 ވާ ބުދަ ދުވަހުގެ ރޭ ބާއްވަން ހަމަޖެހިފައިވާ ގުރުއަތު ނެގުން ބާތިލް ކުރެވިފައިވާ ކަމުގައެވެ.

އެ ފުރުސަތު އަލުން ހުޅުވާލީ ޕާކިންގ ސްލޮޓްތަކަށް ކުރިމަތި ލާފައިވާ ފަރާތްތަކުން ހުށަހަޅާފައިވާ ލިޔެކިޔުންތަކުގައި އިދާރީގޮތުން އޮޅުންތަކެއް އަރާފައިވާކަން ފާހަގަކޮށް، ސްލޮޓްތައް ދޫކުރުމުގެ މަސައްކަތް އަލުން އިޢުލާންކޮށްގެން ކުރިޔަށް ގެންދިއުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ކައުންސިލަށް އެންގުމުންނެވެ.

އެގޮތުން 211 ޕާކިންގ ސްލޮޓަށް އަލުން އެޕްލިކޭޝަން ހުށަހެޅުމުގެ ފުރުސަތު ސިޓީ ކައުންސިލުން ވަނީ ހުޅުވާލާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button