ޚަބަރުމުނިފޫހިފިލުވުން

ކަވާސާގެ 13 ވަނަ ގިގު މިރޭ ކްލަބްހައުސްގައި!

ކަވާސާގެ 13 ވަނަ ގިގު ކްލަބްހައުސްގައި މިރޭ ބާއްވަން ނިންމައިފިއެވެ.

“ކަވާސާ” އިން އާޓިސްޓުންނަށް އަމާޒުކޮށްގެން ކޮންމެ އާދީއްތަ ދުވަހެއްގެ ރޭގަަނޑު ފެށި ގިގު ނައިޓްގެ 13 ވަނަ ޝޯ އޮންނާނީ މިރޭ 22:30 އިން 00:00 އަށެވެ.

ކުރީގެ ޝޯތަކާ ތާފަތު ކުރުމުގެ ގޮތުން މިރޭގެ ޝޯވް ހާއްސަ ކޮށްފައިވަނީ ޒުވާން ކޮމާޝަލް އާޓިސްޓު ލުވެއިޒް ހަސަނަށެވެ.

ލުވެއިޒް އަކީ ރިސޯޓު މިއުޒިކުގައި ފާހަގަވަމުން އަންނަ ޒުވާން އާޓިސްޓެކެވެ.

ޝޯވްގެ ލިންކު

13 ވަނަ ޝޯވް އާ ގުޅިގެން ކާވާސާގެ ސީއީއޯ މުހައްމަދު މާޖިދު (މެޒޯ މުހައްމަދު) ވިދާޅުވީ އާޓިސްޓުންނާ އެއްކޮށް ކްލަބްހައުސްގައި ކުރެވޭ މަސައްކަތަކީ ޗެލެންޖަކަށް ވިޔަސް އެ މަސައްކަތް އިތުރަށް މާކެޓްކޮށްގެން ސްޕޮންސަރުން ގިނަ ކުރުމަކީ އޭނާގެ އަމާޒު ކަމުގައެވެ.

“މިވަރުގެ ޝޯވް އަކަށް އެންމެ ބޮޑަށް ބޭނުންވަނީ ޕޮޓެންޝަލް ސްޕޮންސަރުން. ކޮންމެ ޝޯވްއެއް އެބަ އަޑު އަހާ 400 އެއްހާ މީހުން. އެހެންވީމަ އެއީ ސްޕޮންސަރުން ކުރާ ކަންކަން ކްލަބްހައުސްގައި މާކެޓް ކޮށްލެވޭނެ ރަނުގެ ފުރުސަތެއް.” މެޒޯ ވިދާޅުވިއެވެ.

މިރޭގެ ޝޯވް ސްޕޮންސަރ ކުރައްވަން ބޭނުންވާ ފަރާތްތަކަށް 22:00 އާ ހަމައަށް އެ ކްލަބުން އަދިވެސް އޮތީ ފުރުސަތު ހުޅުވާލާފައެވެ. އެގޮތުން ކަވާސާގެ މާކެޓިން ނަންބަރު 9767119 އާއި ގުޅައިގެން ކުރިޔަށް ގެންދެވޭނެ އެވެ.

“ކަވާސާ” ގިގު ނައިޓުގެ 14 ވަނަ ޝޯވް އޮންނާނީ މިމަހުގެ 9 ވާ އާދީއްތަ ދުވަހުގެ ރޭ 22:30 ގައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button