ޚަބަރު

ރާއްޖޭގެ ގިނަބަޔަކަށް އެއިޑްސް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް މިނިސްޓަރ ނަސީމް ވިދާޅުވެއްޖެ

ބައިނަލްއަގުވާމީ ގޮތުން ފާހަގަކުރާ ދުނިޔޭގެ އެޗް.އައި.ވީ ދުވަސް ފާހަގަކުރުމަށް މިއަހަރު ގއ.ވިލިނގިލީގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރ އޮފް ހެލްތް ވިދާޅުވެފައިވަނީ ރާއްޖޭގައި މިހާތަނަށް އެއިޑްސް ޖެހިފައިވާ މީހުން މަދު ކަމުގައެވެ.

ނަމަވެސް ކުރެވިފައިވާ ދިރާސާތަކުން، ރާއްޖޭގެ ގިނަ ބަޔަކަށް އެއިޑް ޖެހުމުގެ ފުރުސަތު ބޮޑުކަމަށް ދައްކާކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

މީގެ އިތުރަށް އެޗްއައިވީއާ އެޗްއައިވީއާ އެއްގޮތަށް ފެތުރޭ އެހެން ބަލިތަށްވެސް ރާއްޖެއިން ފެންނަމުންދާކަމަށް މިނިސްޓަރުގެ ވާހަކައިގައި ވިދާޅުވެފައިވެއެވެ. އަދި އެޗްއައިވީއާއި ޖިންސީ ގުޅުމުގެ ތެރެއިން ފެތުރޭ އެހެން ބަލިތައް ކޮންޓްރޯލުކޮށް އެ ބަލިތަށް ފެތުރުން ހުއްޓުވުމަށް ސަރުކާރުން މިހާރު ވަނީ ހާއްސަ ޕްލޭނެއް އެކުލަވައިލާ އިފުތިތާހުކޮއްފައެވެ. މިޕްލޭންގެ ދަށުން މިނިސްޓްރީއިން ކުރިމަގުގައި މަސައްކަތްކުރާނީ އެފަދަ ބަލިތަކުން ރައްކާތެރިކުރުމާ، އަވަހަށް ބަލި ދެނެގަތުމާއި އަދި ބަލިޖެހޭ ފަރަތްތަކަށް ފަރުމާ ހަމަޖެއްސުމަށް ބޭނުންވާ އިންތިޒާމުތައް ގާއިމުކުރުމަށް ކަމަށެވެ.

މިހާތަނަށް ތަފާސް ހިސާބުތަކުން ދައްކާގޮތުގައި ރާއްޖޭގައި އެޗްއައިވީ ޖެހިފައވާ 39 މީހުންފެނިފައިވެއެވެ. މިހާރު ފަރުވާ ހޯދަމުން ދަނީ ޖުމްލަ 22 މީހުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button