ޚަބަރުސިޔާސީ

ރައީސް ސޯލިހު ނިންމެވީ އިތުރު 3 މަހަށް ހިޔާ ފްލެޓުން ކުލި ނުނަގަން

އިތުރު 3 މަސް ދުވަހަށް ހިޔާ ފްލެޓުން ކުލި ނުނެގުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ނިންމަވައިފިއެވެ.

ރައީސް ސޯލިހުގެ މި ނިންމެވުން އިއުލާން ކުރެއްވީ ދިވެހިންގެ އެއްބައިވަންތަކަމުގެ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ޖުމްހޫރީ މައިދާނުގައި ބޭއްވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ

އެމަނިކުފާނު ވިދާޅުވިގޮތުގައި އެފަދަ ނިންމުމެއް ނިންމެވީ ހިޔާ ފްލެޓްތަކަށް ދިރިއުޅުން ބަދަލުކުރާ މީހުންގެ ހުރި ކަންބޮޑުވުންތަކާއި ދަތިތައް ހައްލުކުރުމުގެ ގޮތުން ފްލެޓްތައް ނިންމުމަށްޓަކައެވެ.

ހިޔާ ފްލެޓަށް ކުލި ދައްކަންޖެހޭ މުއްދަތު އިތުރު ނުކޮށްދީފިނަމަ އަންނަ ހުކުރު ދުވަހު މުޒާހަރާ ކުރާގޮތަށް އާންމުންގެ އެކުވެރި ގުޅުމުން ވަނީ ނިންމާފައެވެ.

އެހެން ނަމަވެސް ކުލި ދައްކަން ޖެހޭ މުއްދަތު ސަރުކާރުން އިތުރު ކުރުމާގުޅިގެން މި މުޒާހަރާ މިހާރު ވަނީ ކެންސަލް ކޮށްފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button