ޚަބަރުސިޔާސީ

ރައީސް ޔާމީންގެ ހުކުމަށް ނުފޫޒު ފޯރުވިކަމަށް ބުނާ ގާޒީގެ ސަސްޕެންޝަން އުވާލައިފި

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ކްރިމިނަލް ކޯޓުން ކުރި 5 އަހަރުގެ ޖަލު ހުކުމަށް ސިޔާސީ ނުފޫޒު ފޯރުވިކަމަށް ބުނާ ގާޒީގެ ސަސްޕެންޝަން އުވާލައިފިއެވެ.

ރައީސް ޔާމީންގެ މައްސަލަ ކްރިމިނަލް ކޯޓުގައި ބެއްލެވި ފަސް ގާޒީންގެ ބެންޗުގައި ހިމެނިވަޑައިގެންނެވި ގާޒީ ހުސެއިން ފާއިޒް ރަޝާދު ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ސަސްޕެންޑު ކުރީ އޭނާގެ އޯޑިއޯއެއް ލީކުވުމާ ގުޅިގެންނެވެ.

ސަސްޕެންޝަން އުވާލިކަން އިއުލާން ކުރުމުގެ ގޮތުން ޖޭއެސީ އިން ނެރުނު ބަޔާނެއްގައި ބުނީ މެލޭޝިއާގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސް އެންޑް މަލްޓިމީޑިއާގެ ޑިޖިޓަލް ފޮރެންސިކް ޑީޕާޓްމަންޓްއިން ތައްޔާރުކޮށްފައިވާ ޑިޖިޓަލް ފޮރެންސިކް ކޭސް ރިޕޯޓެއް ފުލުހުން ޖޭއެސްސީ އާއި ހިއްސާ ކޮށްފައިވާ ކަމުގައެވެ.  އަދި މީޑިއާގައި ދައުރުވި އޯޑިއޯތަކުގެ ފޮރެންސިކް އެނާލިސިސްއިން އެ އޯޑިއޯ ގައިވާ އަޑާއި ކްރިމިނަލް ގާޒީ ފާއިޒުގެ އަޑާ ދިމާނުވާކަމަށް އެ ރިޕޯޓުގައި ބަޔާންކޮށްފައިވާ ކަމުގައެވެ.

އެކަމަކު އެ އޯޑިއޯއާއި ގުޅޭގޮތުން ޖޭއެސްސީ އިން ނެރުނު ބަޔާނެއްގައި ކުރިން ބުނީ ފޮރެންސިކް އެނާލިސިސްއިން ގެ ގާޒީ ފާއިޒުގެ އަޑާ ދިމާވާކަމުގައެވެ.

އެހެންކަމުން ގާޒީ ފާއިޒުގެ މައްސަލައިގައި ޖޭއެސްސީ އިން ދެފަހަރު ދެގޮތަށް ބަޔާން ނެރެފައިވާކަން ހާމަވެއެވެ.

ރައީސް ޔާމިނަށް ހުކުމް ކުރި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ގާޒީ އަލީ އާދަމާއި ޑްރަގް ކޯޓުގެ ގާޒީ މުހައްމަދު ސަމީރުގެ އޯޑިއޯއެއް ވެސް ލީކުވިއެވެ. އެކަމަކު ޖޭއެސްސީ އިން ބުނީ އެއީ އެ ދެ ގާޒީންގެ އަޑު ނޫންކަމުގައެވެ.

އޯޑިއޯގައި ދެކެވުނު ވާހަކަތައް

ޔާމީނަށް ހުކުމް ކުރި ފަނޑިޔާރުންގެ ބެންޗުގައި ހިމެނޭ ގާޒީ އަލީ ރަޝީދު މިހާރު ހުންނެވީ ސުޕްރީމް ކޯޓުގައެވެ. އިދިކޮޅުން ސިފަކުރާގޮތުގައި އެއީ ސަރުކާރުން ގާޒީ އަލީ ރަޝީދުއަށް ދިން ޕްރޮމޯޝަނެކެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button