ޚަބަރުސިޔާސީ

ސޭކު ޓްވީޓް ތަކާއިއެކު ހުރިހާ ސިޔާސީ ލީޑަރުންނަށް ޝެއިޚް އިމްރާންގެ ވަރުގަދަ ނަޞޭޙަތެއް

މިސަރުކާރަށް 4 އަހަރާއި ގާތްކުރި އިރުވެސް ހިލަމެއް ނުވެ ހުންނެވުމަށްފަހު އަދުގެ ހޯމް މިނިސްޓަރު ޝެއިޚް އިމްރާން މި ފަހަކަށް އައިސް އެކްޓިވިސްޓެއް ފަދައިން ދަނީ ސޭކު ޓްވީޓް ތަކެއް ކުރައްވަމުންނެވެ.

އިމްރާންގެ މިފަދަ ކޮންމެ ޓްވީޓަކާއި އެކު އޭނާ ދަނީ ހޫނުފެނަށް ވެއްޓެމުންނެވެ. ނަމަވެސް މިކުރައްވާ ޓްވީޓްތައް ދުވަހެއް ދުވަހަކަށް ދަނީ އިތުރުވަމުންނެވެ.

އަނެއްކާވެސް އިމްރާން  މިވަނީ ވަރަށް ހެއްވާ ޓްވީޓެއް ކުރައްވާފައެވެ.ހުރިހާ ސިޔާސީ ލީޑަރުންނަށް ޝެއިޚް އިމްރާން މިފަހަރު މިވަނީ  ވަރުގަދަ ނަޞޭޙަތެއް ދެއްވާފައެވެ.

އޭނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ސިޔާސީ ވިސްނުމާއި، މަސައްކަތުގައި ކިތަންމެ ޚިޔާލު ތަފާތުވީ ނަމަވެސް ދީނީ ގޮތުންނާއި، ދުނިޔަވީގޮތުން ހިފަހައްޓަންޖެހޭ ހަމަތަކާއި، އަޚްލާޤިއްޔަތަށް ރައްކާތެރިވުމީ ހުރިހާ ސިޔާސީ ލީޑަރުން ވިސްނަންޖެހޭ ކަމެއް ކަމަށެވެ.

އިމްރާން މިފަދައިން ވިދާޅުވެފައިވާއިރު މިސަރުކާރުގައި ތަކުރާރުކޮށް ހިނގަމުންދާ ލާދީނީ ޢަމަލުތަކާއި، ފާހިޝް ކަންކަމާއި، އާންމުވެ އެކަމާއި އަޅައިލާމަންޒަރެއް ފެނިގެނެއް ނުދެއެވެ.

މީގެ އިތުރަށް ދީނަށް ފުރައްސާރަ ކުރާ މީހުންނަށް ހިމާޔަތްދެމުން ޝިރްކް ހުއްޓުވި ދީނީ ޢިލްމުވެރިންގެ ބޮލުގައި ޓެރަރިޒަމްގެ ތުހުމަތު އަޅުވައި ބަރިބަރިއަށް މުއްދަތުޖަހައި ޖަލުގައި ބަންދުކޮށްގެން ހުންނަވައިގެން، ދީން ހިމާޔަތް ކުރުމަށް ޢަދާލަތާއި ޝެއިޚް އިމްރާން ކުރައްވާ ބުރަ މަސައްކަތުގެ ވާހަކަ ދައްކަވާތީ އެތައް ޢިލްމުވެރިންނާއި އާންމުންގެ ނުރުހުމާއި ފާޑުކިޔުން އިމްރާނަށް ވަނީ ވަރަށް ބޮޑަށް އަމާޒުވެފައެވެ.

4 Comments

  1. މޮޔަގޮވަންކާކުދަސްކޮއްދިނީމިކަލޯޔައްއެހެރީރަގަޅަށްމޮޔަވެ

    ފައެނުވާނެރަގަޅެއްކޮސްގޮވަންބަހައްޓާ

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button