ޚަބަރު
ސްޓެލްކޯގެ ޗެއާމަން އަވަހާރަވެއްޖެ
ސްޓެލްކޯގެ ޗެއާމަން މުހައްމަދު ރަޝީދު މިއަދު އަވަހާރަވެއްޖެއެވެ.
އެނިގިފައިވާގޮތުގައި މުހައްމަދު ރަޝީދު އަވަހާރަވެފައިވަނީ އާލާސްކަންފުޅެއްގައި އޭޑީކޭގައި ފަރުވާ ހޯއްދަވަމުން ދަނިކޮށެވެ.
ސްޓެލްކޯގެ ޗެއާމަން ކަމުގެ މަގާމަށް މުހައްމަދު ރަޝީދު އައްޔަންކުރެއްވީ ފެބުރުއަރީ، 12، 2019 ގައެވެ. އެކި މަގާމުތަކުގައި ސްޓެލްކޯއަށް 50 އަހަރަށް ވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި މުހައްމަދު ރަޝީދު ސްޓެލްކޯއާ އެންމެ ފުރަތަމަ ގުޅިވަޑައިގެންނެވީ 1970 ގެ އަހަރުތަކުގެ ތެރޭގައެވެ.
މުހައްމަދު ރަޝީދު ވަނީ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަގާމާއި، ސީއީއޯގެ މަގާމުވެސް ފުރުއްވާފައެވެ.