ޚަބަރުސިޔާސީ

މަރު ކޮމިޝަނުގެ މުސާރައާއި އެލަވަންސަށް 4.7 މިލޔަން ރުފިޔާ ހަރަދު ކޮށްފި!

ގެއްލުވާލާފައިވާ މީހުންނާއި މަރާލާފައިވާ މީހުންގެ މައްސަލަތައް ބަލައި އެމީހުންގެ އާއިލާތަކަށް އިންސާދު ހޯދުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި ކޮމިޝަނަށް ދައުލަތުން 5.4 މިލިޔަން ރުފިޔާ ހަރަދު ކޮށްފިއެވެ.

މިކަން ހާމަވެގެން ދިޔައީ އަމިއްލަ ފަރާތެއް ކަމަށްވާ އައިމަން ލަތީފް އެ ހަރަދުތައް ހޯދުމަށް މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގެ ދަށުން ތަފްސީލް ހޯދުމާ ގުޅިގެންނެވެ.

އެގޮތުން 2018 ވަނަ އަހަރު މަރު ކޮމިޝަން އެކުލަވާލި ފަހުން މި އަހަރުގެ ނޮވެމްބަރު މަހުގެ ނިޔަލަށް ޖުމްލަ 5،497،473 (ފަސް މިލިއަން ހަތަރު ލައްކަ ނުވަދިހަ ހަތްހާސް ހަތަރު ސަތޭކަ ހަތްދިހަ ތިން ރުފިޔާ) ރުފިޔާ ހަރަދުކޮށްފައި ވެއެވެ. އޭގެ ތެރެއިން 4،781،136 (ހަތަރު މިލިޔަން ހަތްލައްކަ އަށްޑިހަ އެއް ހާސް އެއް ސަތޭކަ ތިރީސް ހަ ރުފިޔާ) ހަރަދުކޮށްފައި ވަނީ މުވައްޒަފުންގެ މުސާރައާއި އެލަވެންސްތަކަށެވެ.

މިނިވަން ނޫހުގެ ކުރީގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ވަގަނަށް ނަގައި މަރާލާފައިވާ މައްސަލައާއި ބޮލްގާ ޔާމީން ރަޝީދުގެ މަރުގެ މައްސަލަ އަކީ އެ ކޮމިޝަނުން އެންމެ ބޮޑު އިސްކަމެއް ދީގެން ބަލަމުން އަންނަ ދެ މައްސަލައެވެ.

މި އަހަރުގެ ފެބްރުއަރީ މަހުގެ 9 ވަނަ ދުވަހު މަރު ކޮމިޝަނުން ނޫސްވެރިންގެ ބައްދަލުވުމުގައި އެ ކޮމިޝަންގެ މެމްބަރު މިސްބާހު އައްބާސް ވިދާޅުވީ ރިލްވާން ގެއްލުވާލުމުގައި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތު ކުރެވޭ ވަޅިއެއް ހޯދިފައިވާ ކަމުގައެވެ. އަދި ރާއްޖެއިން ބޭރަށް އެ ވަޅި ފޮނުވައިގެން ތަހުގީގު ކުރަމުން އަންނަ ކަމަށާއި، އެއީ ވަރަށް މުހިންމު ހެއްކެއް ކަމަށް އޭނާ ވިދާޅުވިއެވެ. އެކަމަކު އެވަޅިއާއި ގުޅޭ ގޮތުން އިތުރު މައުލޫމާތެއް ލިބިފައި ނެތް ކަމަށް މަރުކޮމިޝަނުން ވަނީ ދާދީ ފަހުން ބުނެފައެވެ.

ރިލްވާންގެ އާއިލާއިން ގަބޫލުކުރާގޮތުގައި މަރު ކޮމިޝަނުން އިންސާފެއް ނުލިބެއެވެ. މީގެ އިތުރުން އަނިޔާވެރިގޮތަކަށް މަރާލި ދީނީ އިލްމުވެރިޔާ ޑރ.އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގައި ނެރުނު ރިޕޯޓުން އެ އާއިލާއަށް އިންސާފެއް ލިބިދާނެ ކަމަކަށް ގަބޫލެއް ނުކުރެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button