ޚަބަރުދުނިޔެ

ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ ހައްދުފަަހަނަޅައިދިއުމުގެ އަމަލެއް: ޕުޓިން

ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަމެއް ނޫންކަމުގައި ރަޝީއާގެ ރައީސް ވްލެޑިމިއަރ ޕުޓިން ވިދާޅުވެއްޖެއެވެ.

ރައީސް ޕުޓިން މިފަދައިން ވިދާޅުވީ ރަޝިއާގެ ވެރިރަށް މޮސްކޯގައި ބުރާސްފަތި ދުވަހު ބޭއްވި އެމަނިކުފާނުގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.

ޕުޓިން ވިދާޅުވިގޮތުގައި ކީރިތި ރަސޫލާއަށް ފުރައްސާރަ ކުރުމަކީ މުސްލިމުންގެ ހައްގުތަކަށް އަރައިގަތުމެވެ.

”އެއީ މުހައްމަދުގެ ފާނަށް ކުރެވޭ ފުރައްސާރައެއް. މިއީ ހިޔާލު ފާޅުކުރުމުގެ މިނިވަންކަންތޯ؟ ނޫން. މިއީ މުސްލިމުންގެ އިހުސާސްތަކާ ކުޅުން ކަހަލަ ކަމެއް. މިއީ ހައްދުފަހަނައެޅުމުގެ އަަމަލެއް.“ ޕުޓިން ވިދާޅުވިއެވެ.

ޕުޓީން ވަނީ ދެވަނަ ބޮޑު ހަނގުރާމާގައި ބައިވެރިވި ޖަރުމަނުގެ ސިފައިންނަށްވެސް އެ އިހުތިރާމު ދޭންޖެހޭނެކަން ފާހަގަކުރައްވާފައެވެ. އަދި އެ ސިފައިންގެ ހަނދާނީ ވެބްސައިޓުގައި ނާޒީ ޕާޓީގެ ލީޑަރު އެޑޯލްފް ހިޓްލަރުގެ ފޮޓޯއެއް ޖެހުމަކީ ބަލައިގަނެވޭނެ ކަމެއް ނޫންކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރަޝިޔާ އުފެދިފައިވަނީ އެތައް ގައުމެއްގެ މައްޗަށް އެކުލެވޭ ދައުލަތެއްގެ ގޮތުގައި ކަން ފާހަގަކުރައްވައި ރައީސް ޕުޓިން ވިދާޅުވީ އެގައުމުގައި އެންމެންގެ މެދުގައި މުއާމަލާތްކުރަނީ، މަސްލަހަތުތަކާއި ސަގާފަތަށް އިހުތިރާމުކޮށްގެން ކަމުގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button