ޚަބަރުސިޔާސީ

ބަންގްލަދޭޝްގެ ބޮޑުވަޒީރު ރާއްޖޭގައި، ރަސްމީ ބައްދަލުވުންތައް މާދަމާ

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ދައްވަތަކަށް ބަންގްލަދޭޝްގެ ބޮޑުވަޒީރު ޝައިހް ހަސީނާ ރާއްޖެއަށް ކުރައްވާ ފުރަމާނަ ދަތުރުފުޅުގައި މިއަދު ރާއްޖެ ވަޑައިގެންފިއެވެ.

ބަންގުލަދޭޝްގެ ބޮޑު ވަޒީރު ރާއްޖެއަށް ކުރައްވާ މި ފުރަމާނަ ދަތުރުފުޅަކީ ރައީސް ސޯލިހު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން އެކަމަނާ ރާއްޖެއަށް ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ. ބޮޑުވަޒީރު ޝައިހް ހަސީނާ އަދި އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުން ރާއްޖެ ވަޑައިގެންނެވުމުން ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ބޮޑުވަޒީރާއި ވަފުދުގެ ބޭފުޅުންނަށް މަރުޙަބާ ވިދާޅުވީ ދިވެހި ހާރިޖިއްޔާގެ އިސް ބޭފުޅުންނެވެ.

ބަންގްލަދޭޝްގެ ބޮޑުވަޒީރަށް ރަސްމީގޮތުން މަރުހަބާ ވިދާޅުވުމުގެ ރަސްމިއްޔާތު ބޭއްވުމަށް ހަމަޖެހިފައި ވަނީ މާދަމާއެވެ.

މި ދަތުރުފުޅުގައި، ބަންގްލަދޭޝްގެ ބޮޑުވަޒީރު، ރައީސް ސޯލިހާއި އަދި ދައުލަތުގެ ބައެއް އިއްޒަތްތެރިންނާއި ބައްދަލުކުރެއްވުމަށް ހަމަޖެހިފައިވެއެވެ. މި ދަތުރުފުޅުގައި ދެ ޤައުމުގެ މެދުގައި ރަސްމީ ވާހަކަފުޅުތައް ބޭއްވެވުމާއި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިވުމަށް މަގުފަހިވެގެންދާނެ ބައެއް އެއްބަސްވުންތައް ދެގައުމުގެ ދެމެދު ބަދަލުކުރެއްވުމަށް ވެސް ހަމަޖެހިފައިވެއެވެ.

މީގެ އިތުރުން ދެގައުމުގެ ދެމެދު މަޝްވަރާކުރައްވާ ކަންކަމާގުޅޭ ތަފްސީލުތައް ހާމަކުރެއްވުމުގެ ގޮތުން ރައީސް ސޯލިހާއި ބަންގްލަދޭޝްގެ ބޮޑުވަޒީރު، ގުޅިފައިވާ ބަޔާނެއް ދެއްވުމަށް ހަމަޖެހިފައިވެއެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button