ޚަބަރުސިޔާސީ

އިންޑިއާ އައުޓް އެއްވުން ހުއްޓުވޭނެ ގާނޫނީ ހުއްޖަތެއް ނެތް: ޑރ.ޖަމީލް

އިންޑިއާ އައުޓް އެއްވުން ހުއްޓުވޭނެ ގާނޫނީ ހުއްޖަތެއް ނެތް ކަމުގައި ކުރީގެ ނައިބު ރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެއެވެ.

މާލޭގައި ބާއްވަން އުޅުނު ޒުވާނުންގެ އިންޑިއާ އައުޓް ސައިކަލް ބުރަށް ފުލުހުން ހުރަސް އެޅުމާއި ގުޅިގެން ޑރ.ޖަމީލް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ފުލުހުންގެ އަމަލުތައް ގާނޫނީ އިމުން ބޭރު ކަމުގައެވެ.

”އިންޑިއާ އައުޓް އެއްވުން ހުއްޓުވޭނެ ގާނޫނީ ހުއްޖަތެއް ނެތް. ރައްޔިތުންގެ ޝުއޫރު ހާމަކުރާތީ ފިޔަވަޅު އަޅަން ދިމާކުރުމަކީ އެންމެ ހުތުރު ޑިކްޓޭޓަރޝިޕްގެ ގޮތް.“ ޖަމީލް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވިގޮތުގައި ބާރަކީ ރައްޔިތުންގެ އަތުގައި އޮންނަ އެއްޗެކެވެ.

އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލާ ޒުވާނުން މިއަދު މާލޭގައި ބާއްވަން އުޅުނު ސައިކަލު ބުރު ފުލުހުން ވަނީ ހުއްޓުވާފައެވެ.

މި ހަރަކާތް ހުއްޓުވުމަށް 50 އަށްވުރެ ގިނަ އެސްއޯ ފުލުހުން ވަނީ ނެރެފައެވެ. މީގެ އިތުރުން ސިފައިން ވެސް ތައްޔާރީ ހާލަތަށް ގެނެސްފައިވާ ކަމުގެ މައުލޫމާތު “ބޮންތި” އަށް ވަނީ ލިބިފައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button