ޚަބަރުސިޔާސީ

އިންޑިއާ ސިފައިން ރާއްޖޭގައި ތިބެން ރައީސް ސޯލިހު ބޭނުންވިޔަސް ރައީސް ނަޝީދު އެކަމާ ދެކޮޅު: ރައީސް ޔާމީން

އިންޑިއާ ސިފައިން ރާއްޖޭގައި ތިބެން ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބޭނުންފުޅު ވިޔަސް މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދު އެކަމާ ދެކޮޅު ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ އިންޑިއާ މިލިޓަރީ އައުޓްގެ ނަމުގައި ރައީސް ޔާމީންގެ އިސްނެންގެވުމުގެ ދަށުން އިދިކޮޅު ކޯލިޝަނުން ގެންދާ ކެމްޕެއިން ހަރަކާތުގެ ތެރެއިން މިއަދު ތުލުސްދޫއަށް ވަޑައިގެން ދެއްކެވި ވާހަކަފުޅުގައެވެ.

އިންޑިއާ އައުޓޭ ނުބުނެވޭނެ ކަމަށް ރައީސް ނަޝީދު ކުރެއްވި ޓުވީޓަށް ރައްދު ދެއްވަމުން ރައީސް ޔާމީން ވިދާޅުވީ ނަޝީދު ދެކޮޅު ހައްދަވަނީ އިންޑިއާ ބޭރު ކުރުމަށް ކަމުގައެވެ. އެކަމަކު އިންޑިއާ ސިފައިން ރާއްޖޭގައި ތިބުމަށް އެމަނިކުފާނު ރުހިވަޑައިނުގަންނަވާކަމަށް ޔާމީން ފާހަގަކުރެއްވިއެވެ.

”ރައީސް ނަޝީދު ވިދާޅުވީ އިންޑިއާ އައުޓޭ ނުބުނެވޭނެއޭ. އިންޑިއާ މިލިޓަރީ އައުޓެކޭ ނުބުނޭ ދެއްތޯ. ރައީސް ސޯލިހު އެގޮތް ބޭނުން ވިޔަސް ރައީސް ނަޝީދު ބޭނުންފުޅެއް ނުވޭ އިންޑިއާ ސިފައިން ތިބޭކަން.“ ޔާމީން ވިދާޅުވިއެވެ.

ނަޝީދު ކުރެއްވި ޓުވީޓުގައި ވަނީ ރާއްޖޭގައި އޮތް އިންޑިއާގެ ދައުރު އަަދި އިންޑިއާ ކަނޑުގައި އޮތް ރާއްޖޭގެ ދައުރަކީ ދިވެހިންނަށް އޮޅޭނެ ދަރުރެއް ނޫންކަމުގައެވެ.

 

އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލާ ޒުވާނުން މިއަދު މާލޭގައި ބާއްވަން އުޅުނު ސައިކަލު ބުރު ފުލުހުން ވަނީ ހުއްޓުވާފައެވެ.

މި ހަރަކާތް ހުއްޓުވުމަށް 50 އަށްވުރެ ގިނަ އެސްއޯ ފުލުހުން ވަނީ ނެރެފައެވެ. މީގެ އިތުރުން ސިފައިން ވެސް ތައްޔާރީ ހާލަތަށް ގެނެސްފައިވާ ކަމުގެ މައުލޫމާތު “ބޮންތި” އަށް ވަނީ ލިބިފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button