ޚަބަރުސިޔާސީ

މުއިއްޒުގެ ސަރުކާރަށް ކާމިޔާބީއަށް އެދިވަޑައިގަންނަވަން: ރައީސް ސޯލިހު

ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށް ކާމިޔާބީއަށް އެދިވަޑައިގަންނަވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ.

ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މިއަދު ގައުމަށް ދެއްވި ވަދާއީ ޚިތާބުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، ނިމިދިޔަ ރިޔާސީ އިންތިހާބަކީ ޕާޓީ ނިޒާމު ތައާރަފް ވެގެން ދިޔަފަހުން ބޭއްވުނު އެންމެ އަމާން ރިޔާސީ އިންތިހާބު ކަމަށެވެ. އޮމާން ކަމާއި އެކީގައި ރިޔާސީ އިންތިހާބު ނިންމައި ލެވުމަކީ ކާމިޔާބީއެއްކަމަށް ރައީސް ވަނީ ފާހަގަ ކުރައްވާފައެވެ.

ރައީސް ސޯލިހުގެ ވެރިކަން ނިމެން ހަފްތާއަކަށް ވެފައިވަނިކޮށް މިއަދު ގައުމާ މުހާތަބު ކުރައްވަމުން ރައީސް ވިދާޅުވީ، ރައީސް ސޯލިހު ވެރިކަމަށް ވަޑައިގެންނެވި އިރު ގައުމު އޮތް ހާލަތުން ވޭތުވެދިޔަ 5 އަހަރުގެ ތެރޭގައި އަރައިގަނެވިފައި އޮތްކަމަށެވެ. އަދި ރައީސްވަނީ އެމަނިކުފާނުގެ ފަސް އަހަރުގައި ކުރެވިފައިވާ މަސައްކަތްތައް ފާހަގަކުރައްވައި އެ މަސައްކަތްތަކުގެ ސަބަބުން ކުރިއަށް އޮތް ތަނުގައި ޤައުމަށް ކުރާނެ ފައިދާ ފާހަގަކުރައްވާފައެވެ.

ނިމިދިޔަ އިންތިހާބު 54 އިންސައްތަ ވޯޓުން ކާމިޔާބު ކުރެއްވީ އިންތިހާބީ ރައީސް ޑރ. މުހައްމަދު މުއިއްޒުއެވެ. އަދި ރައީސް ސޯލިހުއަށް ލިބިވަޑައިގަތީ 46 އިންސައްތައިގެ ވޯޓެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button