އިންޑިއާ ސިފައިން ރާއްޖެއިން ބޭރުކުރުމަށް ގޮވާލާ ޒުވާނުން ސައިކަލު ބުރެއް މާދަމާ ބާއްވަން ނިންމައިފިއެވެ.
މި ސައިކަލު ބުރު ބޭއްވުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު އެވެ. ސައިކަލު ބުރު ފެށުމަށް ހަމަޖެހިފައިވަނީ މާދަމާ ހަވީރު 3.45 ގައެވެ.
ސައިކަލު ބުރު ފެށުމަަށް ހަމަޖެހިފައިވަނީ ޕީޕީއެމް އޮފީސް ކުރިމަތިން ކަމުގައި މިކަމުގައި އިސްކޮށް ހަރަކާތްތެރިވާ ޒުވާނަކު “ބޮންތި” އަށް ވަނީ މައުލޫމާތު ދީފައެވެެ.