އިންޑިއާ އަައުޓް ކެމްޕެއިނަށް ކުރީގެ ރައީސް އަދި އިދިކޮޅު ލީޑަރު އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ކ. އަތޮޅަށް މާދަމާ ވަޑައިގަންނަވާ ކަމުގެ މައުލޫމާތު ”ބޮންތި“ އަށް ލިބިއްޖެއެވެ.
ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ބުނިގޮތުގައި ރައީސް ޔާމީން މާދަމާ ވަޑައިގަންނަވާނީ ކ.ގުރައިދޫ އަށެވެ. ޔާމީންގެ އިތުރުން އިދިކޮޅު ޕީޕީއެމް/ޕީއެންސީގެ އިސް ވެރިންވެސް މިދަތުރުގައި ބައިވެރިވެއެވެ.
މާދަމަ ހަވީރު ގުރައިދޫގައި ބާއްވާ އިންޑިއާ އައުޓް ހަރަކާތުގައި ރައީސް ޔާމީން ބައިވެރިވެވަޑައިގަންނަވާގޮތަށް ވަނީ ހަމަޖެހިފައެވެ. ގުރައިދޫ އަށް ފަހު ތުލުސްދޫއަށް އެމަނިކުފާނު ވަޑައިގަންނާވެނެ އެވެ.
މިއީ ރައީސް ޔާމީން ޖަލުން މިނިވަންވުމަށް ފަހު ކުރައްވާ ފުރަތަމަ ދަތުރުފުޅެވެ.