ޚަބަރު
ޕްރައިވެޓައިޒޭޝަން ބޯޑުގެ ރައީސަކަށް އާސިމް ހަމަޖައްސައިފި

ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) ގެ ރައީސްގެ މަގާމަށް މުހައްމަދު އާސިމް އައްޔަންކޮށްފިއެވެ.
ޕީސީބީގެ ރައީސްގެ މަގާމަށް އާސިމް އައްޔަންކުރުމުގެ ކުރިން އޭނާ ހުންނެވީ އެތަނުގެ ނައިބު ރައީސްގެ މަގާމުގައެވެ. ޕީސީބީގެ ރައީސަކަށް ކުރިން ހުންނެވި ހަސަން ވަހީދު ވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު މަހުގެ ތެރޭގައި އިސްތިއުފާ ދެއްވާފައެވެ.
ޕީސީބީގެ ހިންގުމާއި ގުޅޭގޮތުން އެންމެ ފަހުން ހެދި އޮޑިޓުގައި ވަނީ އެ ބޯޑުން އަދާ ކުރަންޖެހޭ މަސްއޫލިއްޔަތުތައް އެންމެ ފުރިހަމައަށް އަދާ ނުކުރެވޭކަން ފާހަގަކޮށްފައެވެ.