ޚަބަރު

ބޯހިޔާވަހިކަން ދިނުމަށް ރައީސް ސޯލިހު އުފެއްދެވި ފަހި ދިރިއުޅުން ކޯޕަރޭޝަނަށްވެސް ވީ ގެއްލުން

ރައްޔިތުންނަށް ބޯހިޔާވަހިކަން ހޯއްދައިވައިދެއްވާނެ  ކަމަށް ވިދާޅުވެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެެއްދެވި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އަށް މިއަހަރުގެ ފުރަތަމަ ކުއާޓާގައި 3 މިލިއަން ރުފިޔާ ގެއްލުން ވެއްޖެއެވެ.

ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރޭޝަން ބޯޑުން އާންމުކުރާ ކުއާޓަލީ ރިވިއުއިން ދައްކާ ގޮތުގައި މިއަހަރުގެ ފުރަތަމަ ކުއާޓާގައި އެފްޑީސީއަށް 3.53 މިލިއަން ރުފިޔާ ވަނީ ގެއްލުން ވެފައެވެ. އެއްވެސް އާމްދަނީއެއް ނުލިބޭ މި ކުންފުންޏަށް ސަރުކާރުން ހިންގުމުގެ ހަރަދު ދޭއިރު، މިދިޔަ އަހަރުގެ 4 ކުއާޓާގައި 8 މިލިއަން ރުފިޔާ ވަނީ ގެއްލުންވެފައެވެ. މިދިޔަ އަހަރުގެ ފުރަތަމަ ކުއާޓާގައި އެ ކުންފުންޏަށް ލިބުނީ 1.86 ރުފިޔާގެ ގެއްލުމެކެވެ. އެކަމަކު މުވައްޒަފުންގެ މުސާރައަށާއި އެހެނިހެން ކަންކަމަށް ކުރަންޖެހޭ ހޭދަ ބޮޑުވުމުގެ ސަބަބުން ކުރިއަށްވުރެ ލިބުނު ގެއްލުން ބޮޑުކަން ފާހަގަކުރެވެއެވެ.

އެފްޑީސީގެ ޖުމްލަ ދަރަނި މިހާރު ވަނީ 12 މިލިއަން ރުފިޔާއަށް އަރާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button