ޚަބަރުސިޔާސީ

ވިލިނގިލި ދާއިރާގެ މަޖިލިސް ގޮނޑިއަށް ކުއްބެ ވާދަކުރަނީ!

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގެ ޕީޕީއެމް އަދި ޕީއެންސީގެ ކޯލިޝަންގެ ޕްރައިމަރީގައި ގއ.ވިލިނގިލި ދާއިރާއަށް ނާޒްލީން ނަޖީބު (ކުއްބެ) ކުރިމަތިލާން ނިންމައިފިއެވެ.

ވިލިނގިލި ދާއިރާގެ ޕީޕީއެމްގެ ރައީސް ކަމުގެ މަގާމުގައި މިހާރު ހުރި ކުއްބެ އަކީ ވިލިނގިއްޔަށް އުފަން ޒުވާނެކެވެ. ވިލިނގިލީ ޕީޕީއެމް ސްޓިއަރިން ކޮމެޓީގެ މެންބަރުކަންވެސް ކުރެއްވި ކުއްބެއަކީ ޕީޕީއެމް އުފެދިގެން އައި ދުވަސްވަރު އެދާއިރާގެ ޒުވާނުންގެ ތެރެއިން އެންމެ ފުރަަތަމަ ޕާޓީ އާއި ގުޅުނު އެއް މެންބަރެވެ.

ދާއިރާގެ ތެރޭގައި ހިނގާ ޕާޓީ ހަރަކާތްތަކުގެ އެންމެ ކުރީ ސަފުން އަބަދުވެސް ފެންނަ ހިންގުންތެރި ކުއްބެއަކީ، ޕީޕީއެމްގެ ރައީސް އަދި އިދިކޮޅު ރިޔާސީ ކެނޑިޑޭޓް ރައީސް އަބްދު ޔާމިން އަބްދުލްގައްޔޫމްގެ ވެރިކަމުގައި ގއ.އަތޮޅު ހޮސްޕިޓަލްގެ މެނޭޖަރެއްގެ މަގާމު ފުރުއްވާފައިވާ މުރާލި ހިދުމަތްތެރިއެކެވެ. ވެރިކަން ބަދަލުވުމާއެކު ވަޒީފައިން ވަކިވާން ޖެހުނަސް ސިޔާސީ ވިސްނުމާއި، ފިކުރު ބަދަލުކޮށްގެން އެ ވަޒީފާގައި ދެމި ހުރުމަށް ކުއްބެ ބޭނުމެއް ނުވިއެވެ. ނަތީޖާއެއްގެ ގޮތުން ކުއްބެ ވަޒީފާއިން ވަކި ކުރީއެވެ. އަދި އިތުރު ހިތްވަރެއް ލައި، ނިމިދިޔަ ލޯކަލްކައުންސިލް އިންތިހާބުގައި ޕީޕީއެމްގެ ކެޑިޑޭޓުންގެ ކެމްޕެއިން މެނޭޖަރުގެ މޭސްތިރިކަމުގެ ދަށުން ކުއްބެ ވަނީ ގއ.އަތޮޅު ކައުންސިލްގެ ރައީސްގެ ގޮނޑި އާއި، ވިލިނގިލީ ކައުންސިލްގެ ސުޕަ މެޖޯރިޓީ ޕީޕީއެމަށް ހޯދައިދީފައެވެ.

ފެށޭއަހަރުގެ ކުރީކޮޅުގައި އޮންނަ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާކަން ވަރަށް ގިނަ ބަޔަކު އަންނަނީ އިއުލާން ކުރައްވަމުންނެވެ. އެގޮތުން، ކުރީގެ މެންބަރުންނާއި ކުރިންނާއި އަދި މީހާރު ސަރުކާރުގެ އިސް މަގާމުތައް ފުރުއްވާފައިވާ ބޭފުޅުންނާއި ސިޔާސީ މަސްރަހުން އަދި ނުފެންނަ ނަމަވެސް އެހެން ދާއިރާތަކުން މަޝްހޫރު ބޭފުޅުންވެސް ހިމެނެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button