ޚަބަރުސިޔާސީ

ނާޒިމް ވައުދުތައް ނުފުއްދުމުން ރައްޔިތުން ރަތަށް

އދ ދަނގެތީ ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް ( ކާނަލް ނާޒިމް ) އިންތިހާބު ތެރޭގައި ވެވަޑައިގަތް ވައުދުތަށް ނުފުއްދާތީވެ އެދާއިރާގެ ރާއްޔިތުން އެކަމާއި ހިތްޖަމަނުޖެހުން ފާޅުކޮށްފިއެވެ.

އެދާއިރާގެ އޮމަދޫއަށް ނިސްބަތްވާ ރައްޔިތަކު ”ބޮންތި“ އަށް މައުލޫމާތު ދެމުން ބުނީ އިންތިހާބުވާތާ ތިންމަސްދުވަސް ތެރޭގައި އަޅަންބުނި ސްލިޕްވޭ އަދިވެސް އަޅާފައި ނުވާކަމުގައެވެ. އަދި ގޮނޑިއަށް އަންނަތާ 1 މަސްދުވަސް ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް އަޅައިދޭން ވައުދުވި ނުކުޅުދުންތެރިކަން ހުންނަ ފަރާތްތަކުގެ މަރުކަޒްވެސް މިއަދާ ހަމައަށްވެސް އަޅައިދީފައި ނުވާކަމުގައި އެމީހާ ބުންޏެވެ.

މީގެ އިތުރުން މިސްކިތްތަކުގައި ސޯލާ ޕެނަލް ހަރުކޮށްދޭން ނާޒިމް ވައުދުވެވަޑައިގެންފައި ވީނަމަވެސް އެކަން ވެސް ކޮށްދިނުމަށް ނާޒިމް ނުކުޅެދިފައިވާކަމުގައި އޭނާ ބުންޏެވެ. އަދި މިސްކިތުގައި އޭސީ ހަރުކޮށްދީފައި 2 އަހަރު ދުވަސް ވަންދެން ކަރަންޓު ބިލު ނާޒިމްގެ އަމިއްލަ ހަރަދުގައި ދައްކާއިދޭނެ ކަމުގައި ބުނެ ހުވަފެންވެސް ނާޒިމް ދައްކާފައިވާކަމުގައި އެމީހާ ބުންޏެވެ.

“ ހޮވޭތާ 2 އަހަރު ދުވަސް ތެރޭގައި ހަދަން ބުނި ބަނދަރު، އެ މަސައްކަތް ނިމިއްޖެތޯ؟ ނާޒިމް ވަނީ ހުސް ހޮޅި ވައުދު“ އޭނާ ބުންޏެވެ.

އޭނާ އިތުރަށް ބުނީ 5 އަހަރުދުވަސް ވަންދެން އެރަށުގެ ގުރުއާން ކްލާހުގެ ޓީޗަރަށް މުސާރަ ދޭނެ ކަމަށް ވެސް ނާޒިމް ވައުދުވި ކަމަށާއި އެކަންވެސް ނާޒިމަށް ނުވުމުން ކައުންސިލުން ޖެހުނީ އެ ޓީޗަރު ފޮނުވާލަން ކަމުގައެވެ.

ނާޒިމް ރައްޔިތުންގެ މަޖިލީހަށް ހޮވިވަޑައިގަތީ 2019 ވަނަ އަހަރުގައެވެ. އޭރު ނާޒިމް އަކީ ސަރުކާރު ހިންގާ ކޯލިޝަންގެ 2 ވަނައަށް އެންމެ ބޮޑު ޕާޓީ ކަމުގައިވާ ޖުމްހޫރީ ޕާޓީގެ މެންބަރެކެވެ. އެހެންނަމަވެސް 2021 ވަނަ އަހަރު ނާޒިމް ވަނީ އަމިއްލައަށް ސިޔާސީ ޕާޓީއެއް އުފައްދަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button