ޚަބަރު
ނައިބު ރައީސް ފުވައްމުލައް ސިޓީއަށް!

ނައިބު ރައީސް ފައިސަލް ނަސީމް ފުވައްމުލައް ސިޓީއަށް ކުރައްވާ ދަތުރުފުޅެއްގައި މިއަދު ފުރާވަޑައިގެންފިއެވެ.
ނައިބް ރައީސްގެ މި ދަތުރުފުޅުގައި އެސިޓީގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ ޕްރޮޖެކްޓުގެ އެގްރީމެންޓުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ. މީގެ އިތުރުން ފުވައްމުލަކު ސިޓީ ބަނދަރު މިސްކިތުގެ ބިންގާ އެޅުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވާނެއެވެ.
ނައިބު ރައީސް ފުވައްމުލަކު ސިޓީއަށް ކުރައްވާ ދެ ދުވަހުގެ މި ދަތުރުފުޅު ނިންމަވާލައްވައި މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައި ވަނީ ހޯމަ ދުވަހުގައެވެ.