ޚަބަރުސިޔާސީ

ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް ގޮނޑިއަށް ސަމަދުބެ ވާދަކުރަނީ!

އަންނަ އަހަރު ބޭއްވުމަށް ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ހުޅުމާލެ ދެކުނު ދާއިރާގެ މަޖިލިސް ގޮނޑިއަށް އެދާއިރާގެ ޕީޕީއެމް ޕީއެންސީގެ ދާއިރާގެ ރައީސް، އަބްދުއްސަމަދު (ސަމަދުބެ) ކުރިމަތިލެއްވުމަށް ނިންމަވައިފިއެވެ.

ސިފައިންގެ އާއި ފުލުހުންގެ މުއައްސަސާގައި 30 އަހަރަށްވުރެ ގިނަ ދުވަހު ހިދުމަތް ކުރެއްވި ސަމަދުބެ އަކީ ޕީޕީއެމް ޕީއެންސީގެ ސިޔާސީ ހަރަކާތްތަކުގަައި އެންމެ އިސް ސަފުން ފެންނަ ބިރުކުޑަ، އަދި ޖެހިލުން ކުޑަ ބޭފުޅެކެވެ.

ޕީޕީއެމްގެ ރައީސް، ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ޖަލުގައި ހުންނެވި ވޭތުވެދިޔަ 5 އަހަރު ސަމަދުބެ ވަނީ ސަރުކާރާއި ދެކޮޅަށް އިދިކޮޅުން އޭރު ހިންގި ވަރުގަދަ މުޒާހަރާތަކުގައި ބައިވެރިވެ، އަމިއްލަފުޅަށް ހުޅުވާލޭގައި މުޒާހަރާތަކާއި އެއްވުންތައްވެސް އިންތިޒާމް ކުރައްވާފައެވެ. އެ ހަރަކާތްތަކުގެ ތެރެއިން ސަމަދުބެ ވަނީ އެތައް ފަހަރެއްގެ މަތިން ހައްޔަރުވެ، އެކިވަރުގެ އަނިޔާތައް ވެފައެވެ. އަދި ސަމަދުބެއަށް ގިނަ ކަންކަން ތުހުމަތުކޮށް، ޖިނާއީ ދައުވާތައްވެސް އުފުލާފައިވެއެވެ.

ނިމުނު ރިޔާސީ އިންތިހާބުގައި ސަމަދުބެ ވަނީ ރައީސް ޔާމީން އެންޑޯޒުކުރެއްވި ރިޔާސީ ކެންޑިޑޭޓް އަދި މިހާރުގެ އިންތިހާބީ ރައީސް ޑރ.މުހައްމަދު މުއިއްޒުއަށް ހުޅުމާލޭގައި ވަރުގަދަ ކެމްޕެއިނެއް ހިންގަވައި، އެމަނިކުފާނަށް މެޖޯރިޓީ ހޯއްދަވަައިދެއްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button