ޚަބަރުމުނިފޫހިފިލުވުން

ކަވާސާގެ 10 ވަނަ ގިގު މިރޭ ކްލަބްހައުސްގައި!

ކަވާސާގެ 10 ވަނަ ގިގު ކްލަބްހައުސްގައި މިރޭ ބާއްވަން ނިންމައިފިއެވެ.

“ކަވާސާ” އިން އާޓިސްޓުންނަށް އަމާޒުކޮށްގެން ފެށި ގިގު ނައިޓްގެ ނުވަ ވަނަ ޝޯ އޮންނާނީ މިރޭ 22:30 އިން 00:00 ހަމައަށެވެ.

ކުރީގެ ޝޯތަކެކޭ އެއްފަދައިން މިރޭގެ ޝޯގައި ވެސް 2 ފަންނާނަކު ބައިވެރިވާނެއެވެ. އެގޮތުން މި ޝޯވ ލައިވްކޮށް ހުށަހަޅައިދޭ ދެ ފަންނާނުންނަކީ މޯލްޑިވިއަން އައިޑޮލް އިން ވިދާލި އިބްރާހީމް އަމާން ހުސެއިން އާއި ލުވެއިޒް ހަސަން އެވެ.

“ކަވާސާ”ގެ ކޮންމެ ލައިވް ޝޯވ އަކީ ވެސް ސްޕޮންސަރ ކޮށްގެން ކުރިއަށް ގެންދާ ޝޯތަކެކެވެ. މިރޭގެ ޝޯވް ސްޕޮސންސަރ ކޮށްފައިވަނީ ރިއަލް ސީ ހޯވްކްސް މޯލްޑިވްސް ގެ ފަރާތުންނެވެ.

ޝޯވްގެ ލިންކު

“ކަވާސާ”ގެ ހިންގާ ކޮމިޓީން ބުނީ، ގެސްޓް ހައުސްތަކާއި ސަފާރީ ބޯޓުތަކަށް އަމާޒުކޮށްގެން އެ ކްލަބުން ކޮންމެ ބުދަ ދުވަހެއްގައި ހުށަހަޅައިދޭ ލައިވް ލޯންޖު ޝޯވް އަންނަ ބުދަ ދުވަހުގެ ރޭ އޮންނާނެ ކަމުގައެވެ.

“ކަވާސާ” ގިގު ނައިޓަކީ ލަވައާއި މިއުޒިކީ ފަންނާނުންނަށް އަމާޒުކޮށްގެން ރާއްޖޭގައި މުޅިން އަލަށް ކްލަބްހައުސްގައި ފެށި މަސައްކަތެކެވެ.

“ކަވާސާ”ގެ ކުޑަދަށުގައި ކުޅޭ ކޮންމެ އާޓިސްޓަކީ ކްލަބްހައުސް އިން އެކަށީގެންވާ އާމްދަނީއެއް ލިބޭ ބައެއްކަން ފާހަގަކޮށްލެވެއެވެ. މި ލައިވް ޝޯވްތައް އިންތިޒާމްކޮށް މެނޭޖު ކުރުމުގެ މުގުލުގައި ހުންނެވީ ހުނަރުވެރި މިއުޒިޝަން މުހައްމަދު މާޖިދު (މެޒޯ މުހައްމަދު) އެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

އިތުރު ކިޔާލުމަށް
Close
Back to top button