ޚަބަރުސިޔާސީ

ޔޫވީ ލައިޓް އަޅުވައިގެން ބެލި އިރު ބައެއް ވޯޓު ކަރުދާހުގައި ސެކިއުރިޓީ ފީޗާއެއް ނެތް: ލީކުވެފައިވާ ފުލުހުންގެ ރިޕޯޓް

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލި ކަމަށް ބުނާ މައްސަލައިގައި ފުލުހުން ހިންގި ތަހުގީގަށް ފާހަގަކުރެވުނު ކަންކަމުގެ މައްޗަށް ފުލުހުން ތައްޔާރު ކުރި ރިޕޯޓުން ބައެއް ވޯޓު ކަރުދާސްތަކުގައި ސެކިއުރިޓީ ފީޗަށް ނެތްކަން ހާމަވެއްޖެއެވެ.

ލީކުވެފައިވާ ފުލުހުންގެ ރިޕޯޓުގެ ކޮޕީއެއް ”ބޮންތި“ އަށް ވަނީ ލިބިފައެވެ. އެ ރިޕޯޓަކީ އެ މައްސަލައިގައި އެކި މީހުން ތަހުގީގަށް ދީފައިވާ ބަޔާނުގެ މައްޗަށް ތައްޔާރު ކޮށްފައިވާ ރިޕޯޓެކެވެ. އެ ރިޕޯޓުގައިވާގޮތުން ވޯޓު ކަރުދާސް ގުނަމުން ދިޔައިރު، ޔޫވީ ލައިޓް އެޅުވުމުން ބައެއް ވޯޓު ކަރުދާސްކޮޅުގައި އެއެއްގޮތަކަށްވެސް ސެކިއުރިޓީ ފީޗާ ނެތްކަން ފާހަގަކުރެވިގެން ވޯޓު ފޮށީގެ ވެރިޔާ އާއި ސުވާލު ކޮށްފައިވެއެވެ. އަދި ސުވާލު ކުރުމުން ޖަވާބެއް ނުދިންކަންވެސް ފާހަގަކޮށްފައިވެއެވެ.

މީގެ އިތުރުން ވޯޓު ފޮށީގެ ވެރިންނަށް މަސްތުގެ ހާލަތުގައި ތިބި ބަޔަކު ލާފައިވާކަން ފާހަގަކުރެވިގެން ފުލުހުން އެ މައުލޫމާތު އިލެކްޝަންސް ކޮމިޝަނާ ހިއްސާ ކުރުމުން އެއްވެސް ވަރަކަށް އަޅާލާފައި ނުވާކަމަށް އެ ރިޕޯޓުގައި ބުނެފައިވެއެވެ.

ވޯޓު ފޮށި ބަންދު ކުރުމަށްފަހު ވޯޓު ފޮށްޓަށް ވޯޓު ލާފައިވާ މީހުންގެ އަދަދާއި، ވޯޓު ކަރުދާހުގެ އަދަދާއި، ކައުންޓަރ ފޮއިލްގެ އަދަދު ފޮށީގެ ވެރިޔާ އިއުލާންކުރިއިރު، މަންދޫބުންގެ އަތުގައި އޮންނަ ލިސްޓާއި، ކައުންޓާ ފޮއިލްގެ އަދަދު ދިމާނުވާކަމަށް ރިޕޯޓުގައިވެއެވެ. އެކަމުގެ ޝަކުވާ މަންދޫބުން ކުރަމުން ދަނިކޮށް ވޯޓު ގުނާފައިވާކަން ވެސް ރިޕޯޓުގައި ބުނެފައިވެއެވެ.

”ވޯޓު ފޮށީގެ ވަގުތީ ނަތީޖާ އިއުލާން ކުރީ ކައުންޓަރ ފޮއިލް ދިމާ ނުވަނީސް ކަމަށާއި، އެގޮތަށް ވޯޓު ގުނުން ކުރިޔަށް ނުގެންދިއުމަށް އެދި ކޮމްޕްލެއިން ބިއުރޯއަށް މައްސަލަ ހުށަހަޅަން ގޮސް އައިއިރު، ވޯޓު ފޮށި ގުނާ، ވަގުތީ ނަތީޖާ އިއުލާންކޯށްފައިވާ ކަން.“ ލީކުވި ފުލުހުންގެ ރިޕޯޓް

ރިޕޯޓުގައި ވާގޮތުން އިލެކްޝަންސް ކޮމިޝަންގައި ރީ ރަޖިސްޓްރީ ކުރުމަށް މަސައްކަތް ކުރަމުންދިޔަ މީހުން ވަރަށް އަވަސް އަވަހަށް ބަދަލުކޮށް، އެއްތަނުން އަނެއް ތަނަށް ފޮނުވާލާފައިވެއެވެ.

 

2 Comments

  1. ކުރިންވެސް މަކަރުހެދިކަން ވަނީއެންގިފާ ނަމަވެސް އެއްވެސް މުއަތްސަސާޔަކުން އެކަމައްސަމާލުކަމެއްނުދެއްވި އެހެވެގެ ވެރިކަންބަދަލުވީ

  2. 2013ގަވެސް ހަމަ ތިގޮތަށް ބަޔަކު މީހުންނަށް ލާރިދީގެން މަރުވެފަ ތިބިމީހުންގެ ވޯޓްވެސް ލާފައެބަހުރި އެކަމު ސަތޭކަ ކަރުދާހުގަ ފާހަގަ ޖަހާފަ އެބަހުރި ހަމަ މިދިޔަ2018ގަވެސް އެގޮތަށް އެޔަށް ބޯޓެއް ވަގަށް ކިބަޔަކު އުޅޭ އެކަމަކު މާބޮޑަށް ޔަގީން ކަން އޮތީމަ ވަގުވޯޓް ލައިގެން ވެސް ކާމިޔާބު ވާގޮތް ނުވީމަ އިލެކްޝަންކޮމިޝަން ގޯސްވީ ވަގުން ވައްކަން ކުރާނެ އަދިވަގުންނަށް ހީވާނެ އެހެންމީހުންވެސް ވައްކަންކުރާނޭ

Leave a Reply to މަނިކު Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button