ޚަބަރުސިޔާސީ

މިދިޔަ ރިޔާސީ އިންތިހާބުގެ ވޯޓާ ގުޅިގެން ޝަރީފް ފުލުހުންނަށް ދިން މައުލޫމާތު ލީކު ވެއްޖެ

2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ވޯޓު އޮޅުވާލި ކަމަށް ބުނާ މައްސަލައިގައި ފުލުހުން ހިންގި ތަހުގީގަށް އިލެކްޝަންސް ކޮމިޝަން (އީސީ) ގެ ކުރީގެ ރައީސް އަހުމަދު ޝަރީފް ދެއްވި މައުލޫމާތު ލީކު ކޮށްލައިފިއެވެ.

ލީކުވެފައިވާ ކަރުދާހުގައި ފުލުހުންގެ ރަސްމީ ލެޓާ ހެޑް އަދި އެ އިދާރާގެ ރަސްމީ ތަތްގަނޑުގެ އަސްލު ޖަހާފައިވެއެވެ. ޝަރީފް ފުލުހުންގެ އިދާރާއަށް ހާޒިރުކޮށް މައުލޫމާތު ނަގާފައިވަނީ 8 ނޮވެމްބަރު 2018 ގައެވެ. އޭނާ ހާޒިރުކުރުމުގެ ބޭނުމެއްގެ ގޮތުގައި ކަރުދާހުގައި ބަޔާންކޮށްފައިވަނި އެ އަހަރުގެ ނޮވެމްބަރު މަހުގެ 6 ވަނަ ދުވަހު އީސީ އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ރިޔާސީ އިންތިހާބުގައި ބޭނުންކުރި ވޯޓު ކަރުދާސްތައް ނައްތާލާފައިވާނެ ކަމަށް ޝަރީފް ވިދާޅުވުމާ ގުޅިގެންނެވެ.

ޝަރީފް ފުލުހުންނަށް ދީފައިވާ މައުލޫމާތުގައިވާގޮތުން އޭނާ ވަނީ މޯލްޑިވްސް ޕޮލިސް ސާވިސް އަށް ސެކިއުރިޓީ ބޭނުންވާ ކަމަށް ބުނެ އެމަހުގެ 4 ވަނަ ދުވަހު ފުލުހުންނަށް ސިޓީއެއް ފޮނުވާފައެވެ. އަދި ހަމަ އެ ދުވަހުގެ ރޭ ވޯޓު ކަރުދާސް ބަހައްޓާފައި ހުންނަ ތަނުގެ ކުރިމަތީގައި ސެކިއުރިޓީ ކުރަމުން ދިޔަ ފުލުހުން އެތަން ދޫކޮށްލާފައި ދިޔަ ކަން ޝަރީފް ދީފައިވާ މައުލޫމާތުން އެނގެއެވެ.

”ވޯޓު ކަރުދާސް ނައްތާލީ އިލެކްޝަންސް ކޮމިޝަންގެ 5 މެންބަރުންގެ އިއްތިފާގުން. ގާނޫނީ ގޮތުން ވޯތު ކަރުދާސް ނައްތައި ނުލެވޭނެ ހާލަތެއް ނެތް.“ ޝަރީފް ވިދާޅުވެފައިވެއެވެ.

ފުލުހުންނަށް ޝަރީފް ދީފައިވާ މައުލޫމާތުތަކުން އެނގޭގޮތުގައި އޭނާ ވޯޓު ކަރުދާސް ނައްތައިލީ ވޯޓު ކަރުދާސްތަކާ ބެހޭ ގޮތުން އެއްވެސް ފަރާތަކުން މައްސަލައެއް ތަހުގީގުކޮށް، ޝަރީއަތަށް ހުށަހެޅިފައިވާކަން ނޭނގޭތީއެވެ. އަދި އެ ކަރުދާސްތައް ކޮށާލުމަށްފަހު ނައްތައިލީ އިލެކްޝަންސް ގެ މުވައްޒިފުން ލައްވާ ކަމަށް އޭނާ ވިދާޅުވެފައިވެއެވެ. އެއަށްފަހު ވެމްކޯގެ މުވައްޒަފުން ބޭނުންކޮށްގެން ތިލަފުއްޓަށް ގެންގޮސް ކަރުދާސްތައް އަންދާލައިފާކަން ޝަރީފް ފުލުހުންނަށް ދީފައިވާ މައުލޫމާތުން އެނގެއެވެ.

މި މައްސަލައިގައި ފުލުހުންނަށް އެކި ފަރާތްތަކުން ދީފައިވާ ބަޔާންތަކާއި ފުލުހުންނަށް ފާހަގަވެފައިވާ ކަންކަން ހިމެނޭ ކަރުދާސްތަކެއް ވެސް ވަނީ ލީކު ކޮށްލާފައެވެ. ”ބޮންތި“ އަށް ވަނީ އެ ކަރުދާސްތަކުގެ ކޮޕީތައް ލިބިފައެވެ. އަދި ކުރިޔަށް ހުރި ވަގުތުތަކުގައި އެކަމާ ގުޅޭ އިތުރު ތަފްސީލް ”ބޮންތި“ އިން ހާމަކުރަމުން ގެންދާނެއެވެ.

 

5 Comments

  1. އިލެކްޝަން ކަރުދާސް ކުރިންވެސް ނައްތާލާނެ. އެންމެންގެ ކުރިމަތީ ގުނާތީ ޔާމީނަށް އޮޅުވާނުލެވުނީމަ ދެންބެލީ ކަރުދާސްތައް އަތުޖެހޭތޯ ފާހަގަ ވެއްޓެޔޭ ކިޔާފަ. އެކަމެއް ނުވި ނަވާޒު ލައްވާވެސް

  2. ވޯޓް ކަރުދާސްތައް އަވަސްއަރުވައިލައިގެން ނައްތައިލީ ދޮގުބޭޒާރުވެދާނެތީ. ގައުމީ އަރުޝީފުގެ ހުއްދަ ނެތި 5 އަހަރު ކުރީން ކަރުދާސްތައް ނައްތައިލުމަކީ ގާނޫނީ ކުށެއް. ބާރު އޮތީމާ ކޮންމެކަމެއް ވެސް ކުރެވިދާނެ. އެކަމަކު އިންޑިއާގެ ރިޝްވަތު ހިފައިގެން ވޯޓު އޮޅުވައިކަމީ ހަގީގަތެއް. ގިނަ ދުވަސްތަކަކަށްފަހު ވެސް ހަގީގަތް ހާމަވާނެ

Leave a Reply to Jazeeraa Cancel reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button