ޚަބަރުސިޔާސީ

ސަރުކާރުން ބޭނުންވަނީ އެހެން ދީންތައް ފަތުރަން: ސަލީމް

ސަރުކާރުން ބޭނުންވަނީ އެހެން ދީންތައް ފަތުރަން ކަމަށް ރައްޔިތުންގެ މަޖިލީހުގެ އޭދަފުށީ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ސަލީމް ވިދާޅުވެއްޖެއެވެ.

މެންބަރު ސަލީމް މިހެން ވިދާޅުވީ ކާނިވާ ސަރަހައްދުގައި މިހާރު ކުރިޔަށްދާ އިދިކޮޅުގެ ”ކޮތަރު ކޮށި“ ޖަލްސާގައެވެ.

ސަލީމް ވިދާޅުވިިގޮތުގައި ސަރުކާރަށް އެކަން ކުރުމަށް އޮތް ހުރަހަކީ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ.

”އެއީ މި މީހުންގެ މުޅި މަގްސަދު، މި މީހުން ރާވާފައި އޮތީ މި ގައުމުގައި ހުރިހާ ދީންތަކަށް އުޅެވޭނެ ގޮތް ހަމަ ޖެއްސުން. އެކަން ކުރެވޭކަށް ނެތް އެމީހުންނަކަށް ރައީސް ޔާމީން ނައްތާލައިގެން ނޫނީ.“ ސަލީމް ވިދާޅުވިއެވެ.

ސަލީމް ފާހަގަކުރެއްވިގޮތުގައި ރައީސް ޔާމީނަކީ ވަތަނީ އަދި އިސްލާމް ދީން ދެކެ ލޯބިވާ ލީޑަރެކެވެ. އަދި ސަރުކާރުން އެމަނިކުފާނަށް ދޭ އަނިޔާ އާއި ދެކޮޅަށް މަސައްކަތް ކުރައްވާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button