ޚަބަރުސިޔާސީ

ފެންބޮޑުވެފައިވާ މާލޭގައި ކުދިންނާއެކު ހިނގާފައި ސީޕީ ހުސައިން ހުކުރަށް: ވިދާޅުވީ އަމިއްލައަށް މައްސަލަ ތަޖުރިބާ ކުރަނީ ކަމަށް!

މިއަދު ހެނދުނު މާލެއަށް ބޯކޮށް ވާރޭވެހި، މަގުތަކުގައި ފެންބޮޑުވެފައިވަނިކޮށް، މާލޭގެ މޭޔަރުކަމަށް ޕީޕީއެމް،ޕީއެންސީން ވާދަކުރައްވާ، ކޮމިޝަނަރ އޮފް ޕޮލިސް ރިޓަޔަޑް ހުސައިން ވަހީދު ކުދިންނާއެކު ހިނގާފައި ހުކުރަށް ވަޑައިގެންމެވުމަށްފަހު، އެއީ މައްސަލަތައް ތަޖުރިބާ ކުރަނީ ކަމަށް ވިދާޅުވެއެއްޖެއެވެ.

ސީޕީ ހުސައިން ކުރެއްވި ފޭސްބުކް ޕޯސްޓެއްގައި ވިދާޅުވީ އެއީ، މާލޭގައި ދިރިއުޅޭ އަދި މާލޭގެ ރައްޔިތުން ހައްލުހޯދަން ބޭނުންވާ މައްސަލައެއް ކަމުގައެވެ. ވިއްސާރައިގެ ސަބަބުން މަގުގައި ފެންހެދިދާނެ ކަމަށާައި، ގިނަ ބަޔަކަށް މައްސަލަ އަކަށް އެކަން ނުވެދާނެކަން ފާހަގަކުރައްވައި ހުސައިން ވިދާޅުވީ ެެއެހެން ނަމަވެސް، ފެން ހިންދުމުގެ ނިޒާމު ރަނގަޅު ވާންވާނެކަމުގައެވެ.

”މަގުގައި ޖަމާވެފައިވާ ފެންގަނޑު ނަޖިސް ވުމީ އަދި މާބޮޑު މައްސަލައެއް. ރައްޔިތުންގެ އާންމު ސިއްހަތާއިވެސް ގުޅޭކަމެއް. މަގުގައި ބަހައްޓާ ކުނި ބުނިންނާއި، ބުޅަލުގެ ނަޖިހާއި މީދަލުގެ ސަބަބުން ފެންގަނޑު ނަޖިސްވޭ. އަދި މަގު ހިނގާ ބައެއް މީހުން މަގަށްކުޅު ޖެހުމުގެ ސަބަބުން މަގުގައި އުޅޭ އެހެނިހެން ބޭބޭ ފުޅުންގެ ހިތްތަކަށް ނުތަނަވަސްކަން ވެރިވޭ.“ ސީޕީ ހުސައިން ވިދާޅުވިއެވެ.

މަގުގައި ފެންބޮޑުވުން ހައްލުވުމާއި އެކު މަގުތަކުގައި ހަރުލާ ފެންގަނޑުގެ ސާފުކަން ކަށަވަރު ކުރަންޖެހޭކަމަށްވެސް ހުސައިން ވިދާޅުވިއެވެ.

މާލޭގެ މޭޔަރު ކަމަށް ރައްޔިތުން އިންތިހާބު ކޮށްފިނަމަ، އެ މައްސަލަ ހައްލުކުރުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ފުރަތަމަ ދުވަހުން ފެށިގެން ކުރިއަށް ގެންދަވާނެކަމުގެ ޔަގީންކަން ހުސައިން ވަނީ މާލޭގެ ރައްޔިތުންނަށް ދެއްވާފައެވެ.

”އަޅުގަނޑު ތިޔަ ލޮބުވެތި ރައްޔިތުންނަށް ހިދުމަތް ކޮށްލުމުގެ ފުރުސަތު ދެއްވާ. މާލޭ ސިޓީގެ މޭޔަރު ކަމަށް ހޮއްވަވާ ދެއްވާ.“ ސީޕީ ހުސައިން ވިދާޅުވިއެވެ.

ހުސައިން ވިދާޅުވީ މަގުމަތީގެ އަހުލާގު ދަމަހައްޓަން ޖެހޭ ކަމަށާއި، މަގުމަތީގައި އުޅޭ ބުޅާތަކަށް ރަނގަޅު ގޮތް ތަކެއް ހޯދަންޖެހޭ ކަމުގައެވެ.

One Comment

  1. ތި ފެެއިލްވެފަހުރި ސީޕީ އެއް.. ސީޕީ ކަމުގަ ވައްކަންތައް ފޮރުވަދޭން އުޅެފަ މިހާރު ވައްކަން ކުރަން ރެޑީވަނީތާ.. ރައްޔިތުން ފުރުސަތެއް ނުދޭނެ ތިފެންވަރުގެ ނާގާބިލް މީހަކައް. ޕީ،ޕީ،އެމް ގަ މާރަނގަޅު ގާބިލް ބޭފުޅުންތިއްބަ ތިކަހަލަ ތާކުން ތާކުން ނުޖެހޭމީހަކައް ނުދޭނެ ފުރުސަތެއް..

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button