ޚަބަރުސިޔާސީ

ރައީސް ޔާމީން މިނިވަން ވުމާއެކު މި ސަރުކާރު ނިމިއްޖެ: ތޯރިގު

އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް މިނިވަންވުމާއެކު ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ކޯލިޝަން ސަރުކާރު ނިމިއްޖެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ މަހިބަދޫ ދާއިރާގެ ޕީޕީއެމްގެ މެންބަރު އަހުމަދު ތޯރިގު ވިދާޅުވެއްޖެއެވެ.

”ކޮތަރު ކޮށި“ ނަމުގައި އިދިކޮޅުން ކާނިވާ ސަރަހައްދުގައި މިހާރު ކުރިޔަށް ދާ ޖަލްސާގައި ވާހަކަ ދައްކަވަމުން މެންބަރު ތޯރިގު ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ސަރުކާރަށް ކާމިޔާބު ނުކުރެވޭނެ ކަމުގައެވެ.

”އަދި މި ސަރުކާރު އެކަންޏެއް ނޫނޭ. އިންޑިއާއަށް ވެސް އިނގޭނެ. މި ވެރިކަން ދެން އިތުރަށް ނުހިފެހެއްޓެނެ ކަން.“ ތޯރިގު ވިދާޅުވިއެވެ.

މަސްވެރިންގެ ދުވަހާ ދިމާކޮށް ބޮޑު ކަންނެލީގެ މަސްވެެރިން މިއަދު ކުރިޔަށް ގެންދިޔަ މުޒާހަރާގައި ރައީސް ސޯލިހު ބައިވެވެރިވެވަޑައިގެންފައިވާތީ ތޯރިގު ވަނީ އެމަނިކުފާނަށް ފާޑުވިދާޅުވެފައެވެ. އޭނާ ފާހަގަކުރެއްވިގޮތުގައި ރައީސް ސޯލިހަށް މަސްވެރިންގެ އިހުސާސެއް އެނގިވަޑައެއް ނުގަންނަވައެވެ.

ރައީސް ސޯލިހު މަސްވެރިންނަށް ވެވަޑައިގެންނެވި ވައުދުތައް ނުފުއްދޭކަން ތޯރިގު ވަނީ ފާހަގަކުރައްވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button