ޚަބަރުސިޔާސީ

މަސްވެރިންގެ މުޒާހަރާގައި ރައީސް ސޯލިހު: ވިދާޅުވީ ކަންކަން ހައްލުކޮށްދެއްވާނެ ކަމަށް

މަސްވެރިންގެ ދުވަހާ ދިމާކޮށް މިއަދު މަސްވެރިން ކުރި މުޒާހަރާގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

ކަނޑުމަތީގައި މަސްވެރިން ކުރިޔަށް ގެންދިޔަ މުޒާހަރާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ސޯލިހު ވަނީ މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައި ދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

މަސްވެރިންގެ ކަންބޮޑުވުންތަކުގެ ތެރޭގައި ބޮޑު ކަންނެލި ކިރާ އަގު ދަށްވުމާއި، މަސް ވިއްކޭނެ އިތުރު ގައުމުތަކަށް މާކުޓު ފުޅާކުރުން ހިމެނެއެވެ. ބާނާ މަސް ތާޒާ ކަންމަތީ ހިފަހައްޓައި، ކޮލެޓީ ހިފެހެއްޓުމަށް ބޭނުންވާ އައިސް ލިބޭނެ އިތުރު 18 އައިސް ޕްލާންޓެއްގެ މުހިންމުކަންވެސް މަސްވެރިން ވަނީ ފާހަގަކޮށްފައެވެ.

ރައީސް އޮފީހުގެ ތަރުޖަމާނު މުހައްމަދު މަބްރޫކް އަޒީޒު ވިދާޅުވިގޮތުގައި މަސްވެރިންގެ ކަންބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ސޯލިހު ވަނީ މަސްވެރިންނަށް ދެއްވާފައެވެ.

ކިރާ މަހަށް ހަމަ އަގު ނުލިބުމާއި، މަސްވެރިންގެ ބިލްތަކަށް ފައިސާ ނުލިބުމުގެ އިތުރުން ދިގު ކިއުގައި މަޑު ކޮށްގެން ބާނާ މަސްކޮޅު ކިރުމުގައި ގޮންޖެހުންތަކެއް ކުރިމަތިވަމުންދާ ކަން މަސްވެރިން އަންނަނީ ތަކުރާރުކޮށް ފާހަގަކުރަމުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button