ޚަބަރުސިޔާސީ

ކުޑަރިކިލު ރަށްގިރުމުގެ މައްސަލަ ހައްލުކޮށްދޭނެކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

ރ.ކުޑަރިކިލު ކައުންސިލާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ (އ.ތ.މ) ކޮމިޓީއާ ބައްދަލުކުރައްވައި ރަށްގިރުމުގެ މައްސަލަ ހައްލުކޮށްދޭނެކަމުގެ ޔަގީންކަން ރައީސް ޑރ.މުހައްމަދު މުއިއްޒު ދެއްވައިފިއެވެ.

މާޅޮސްމަޑުލު އުތުރުބުރި އަދި މާޅޮސްމަޑުލު ދެކުނުބުރީގެ ބައެއް ރަށްތަކަށް ކުރެއްވި ތިން ދުވަހުގެ ދަތުރުފުޅުގައި ރައީސް ކުޑަރިކިލު ކައުންސިލާއި ކެންދޫ ކައުންސިލުގެ އިދާރާގައި ބައްދަލުކުރައްވައި އިއްޔެ ވިދާޅުވީ،ރަށްގިރުމުގެ މައްސަލައިގެ އިތުރުން ނަރުދަމާ ނިޒާމު ބެލެހެއްޓުމުގައި ހުރި ދަތިތަކާއި ކައުންސިލު އިދާރާގެ ޖާގައިގެ ދަތިކަމުގެ މައްޗަށް މަޝްވަރާ ކުރައްވާފައެވެ. އަދި އައު މިސްކިތެއްގެ މުހިންމުކަމުގެ މަޝްވަރާތައްވެސް ކުރެއްވިއެވެ.

ކުޑަރިކިލު އަންހެނުންގެ ކޮމިޓީން ރައީސަށް ހުށަހެޅި ކަންކަމުގެ ތެރޭގައި ޖަލްސާކުރާ މާލަމެއްގެ އިތުރުން އެ ކޮމިޓީގެ ބޭނުންތަކަށް ހާއްސަ ތަނެއް ހުރުމުގެ މުހިންމުކަމާއި، ލުއި ލޯނު ދޫކުރުމަށް މަގުފަހިކޮށްދިނުން ހިމެނެއެވެ.
އެގޮތުން ހުށަހެޅި ބައެއް ކަންކަން މިއަހަރުގެ ތެރޭގައި ފެށުމަށް މަސައްކަތް ކޮށްދެއްވާނެކަން ރައީސް ފާހަގަކުރެއްވިއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button