އޭސީސީގެ ހުރިހާ މެންބަރުން ވަކި ކުރަން ނިންމައިފި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގެ ހުރިހާ މެންބަރުން ވަކި ކުރަަން ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އިން ފާސްކޮށްފިއެވެ.
މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީ އިން މިއަދު 14:00 ގައި ބޭއްވި ބައްދަލުވުމުގައި އޮޑިޓް އޮފީހުން ހުށަހެޅި އޭސީސީގެ ޕާފޯމެންސް އޮޑިޓަށް މެންބަރުންގެ މެދުގައި ބަހުސްކޮށްފައިވެއެވެ.
އޭސީސީގެ މެންބަރުން މަގާމުން ވަކި ކުރަން ކޮމެޓީއިން ފާސް ކުރުމާއެކު ތަހުގީގު ކުރިޔަށް ގެންދަން މަޖިލީހުގެ ތަޅުމަށް ހުށަހަޅަންވެސް ވަނީ ނިންމާފައެވެ.
އެ ކޮމިޝަންގެ މެންބަރުންގެ ގޮތުގައި މިހާރު ތިއްބެވީ މަރިޔަމް ޝިއުނާ (ރައީސް) އާއި، އިބްރާހީމް ޝަކީލް (ނައިބު ރައީސް) ގެ އިތުރުން އާއިޝަތު އަބްދުﷲ އެވެ. އަދި އެ ކޮމިޝަންގެ މެންބަރު އަލީ އަޝްރަފް ވަނީ މި މަހުގެ ކުރީކޮޅު އިސްތިއުފާ ދެއްވާފައެވެ.
އޭސީސީގެ މައްސަކަތްތައް ލަސްވެ ހުށަހެޅޭ މައްސަލަތައް އެކަށީގެންވާ ވަރަށް ތަހުގީގު ނުކުރެވުމުގެ ޝަކުވާ ވަނީ އިންތިހާއަށް އިތުރުވެފައެވެ.