ޚަބަރު

ބެނާތަކަކީ ކުށެއް ކުރަން ބޭނުންކުރާ އާލާތެއް ކަމަށް ފުލުހުން ކަނޑައަޅައިފި!

”އިންޑިއާ އައުޓު“ ނުވަތަ އިންޑިއާ ސިފައިން ބޭރުކުރުމާ ގުޅޭ ޝިއާރުތައް ލިޔެފައިވާ ބެނާތަކަކީ ކުށުއް ކުރަން ބޭނުންކުރާ އާލާތެއްކަމަށް ފުލުހުން ކަނޑައަޅައިފި އެވެ.

ކަނޑައިގެން ގެންދިޔަ ބެނާތައް ހޯދުމަށް ޕީޕީއެމުން ފުލުހުންނަށް ފޮނުވި ސިޓީއެއްގެ ޖަވާބުގައި ފުލުހުން ބުނީ އެ ބެނާތަކަކީ ކުށުގެ އަމަލެއް ހިންގުމަށް ބޭނުންކުރާ ތަކެތި ކަމުގައެވެ. އެ ސިޓީގެ ކޮޕީއެއް ”ބޮންތި“ އަށް ވަނީ ލިބިފައެވެ.

ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހަމީދު އާއި ހާއްސަ ގުޅުމެއް އޮންނަ ޗީފް ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޔޫނުސް ސޮބާހު ސޮއި ކުރައްވައި ޕީޕީއެމަށް ފޮނުވި ސިޓީގައި ބުނެފައިވަނީ އެތަކެތި ޕީޕީއެމް އޮފީހާ ހަވާލު ނުކުރާނެ ކަމުގައެވެ.

ކުށެއް ކުރަން ބޭނުން ކުރާ އާލާތެއްގެ ގޮތުގައި ފޮތި ފޭލިތަކެއް ފުލުހުން ކަނޑައެޅި ސަބަބެއް ނޭނގެއެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button