ޚަބަރުސިޔާސީ

ފަރުމަސްވެރިކަމަށް، ރަހުނަކާ ނުލައި، 7 ލައްކަ ރުފިޔާ ދޫކުރަނީ

ރާއްޖޭގެ ފަރުމަސްވެރިކަމަށް ދޫކުރާ ލޯނު ރަހުނަކާ ނުލައި 7 ލައްކަ ރުފިޔާ ދޫކުރަން ހަމަޖެހިފައިވާ ކަމަށް މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

 

ވަޒީރު މިހެން ވިދާޅުވީ، ކަނޑުމަހުގެ މަސްވެރިކަމަށް ޚާއްސަ ލުއި ލޯނާއި، މަސްވެރިންގެ ދަފްތަރު އިފްތިތާހު ކުރުމަށް ރޭ ށ. ކޮމަންޑޫގައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

 

ޝިޔާމް ވިދާޅުވީ، ރާއްޖެގައި ފަރުމަހުގެ މަސްވެރިކަމަކީ ވަރަށް ފުޅާ ދާއިރާއެއްގައި ކުރާ މަސްވެރިކަމެއް ކަމަށާއި، އަދި މިއީ ސަރުކާރުން ބޮޑު އެއްބާރުލުމަކާއި، އެހީތެރިކަމެއް ދޭން ޖެހޭ ކަމެއް ކަމަށެވެ.

 

މަސްވެރިނަންނަށް ޚާއްސަކޮށް ތައާރަފްކުރެވުނު މި ލޯނަކީ މަސްވެރިންނަށް ބޭނުންވާ ދޯނި ބަނުމާއި، އެކަމަށް ބޭނުންވާ ވަސީލަތްތައް ހޯދުމާއި، މަސްވެރި އުފެއްދުންތައް އުފެއްދުމަށާއި، ކުދި އައިސްޕްލާންޓްތައް ގާއިމްކުރުމަށް އެހީތެރިކަން ލިބިގެންދާނެ ކަމެއް ކަމުގައި ޝިޔާމް ވިދާޅުވިއެވެ.

 

”ކުދި އައިސްޕްލާންޓްތަކަށް އިންވެސްޓްކުރަން ބޭނުންވާ ފަރާތްތަކަށް މިލޯނުގެ އެހީތެރިކަން ލިބިގެންދާނެ. މީ ވަރަށް ލުއިކޮށް ދޫކުރާ ލޯނެއް. ފަރުމަހުގެ މަސްވެރިކަމަށް ޚާއްސަކުރެވޭ ލޯނުގައި ކުރިން ރަހުނު ނުބަހައްޓާ 5 ލައްކަ ރުފިޔާ ދޭ ގޮތަށް އޮތީ. ނަމަވެސް މިހާރު ފަރުމަސްވެރިކަމަށް މި ދޫކުރާ ލޯނުގަ 7 ލައްކަ ރުފިޔާއާ ހަމައަށް، ރަހުނެއް ނުބަހައްޓާ ލޯނު ލިބުމުގެ ފުރުސަތު އެބައޮތް“ ވަޒީރު ޝިޔާމް ވިދާޅުވިއެވެ.

 

ވަޒީރު އިތުރަށް ވިދާޅުވީ، މަސްވެރިންގެ ދަފްތަރު ފުރިހަމަ ވެގެން ދާއިރު، މަސްވެރިންގެ ހުރި ގިނަ ކަންބޮޑުވުންތަކަށް ހައްލު ލިބިގެންދާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button