ޚަބަރުސިޔާސީ

ސިޓީ ކައުންސިލްގެ ބާރުގެ ދަށަށް ހުޅުމާލެ ގެންނަން ފާސްކޮށްފި

ހައުސިންގް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ދޫކޮށްފައިވާ ހުޅުމާލޭގެ ރަޖިސްޓްރީ ބާތިލްކޮށް މާލެ ސިޓީ ކައުންސިލްގެ ބާރުގެ ދަށަށް ހުޅުމާލެ ފޭސް 1 އަަދި ފޭސް 2 ގެންނަން ފާސްކޮށްފިއެވެ.

މިގޮތަށް ފާސްކުރީ މިއަދު ބޭއްވުނު މާލެ ސިޓީ ކައުންސިލްގެ 4 ވަނަ ދައުރުގެ 30 ވަނަ ރަސްމީ އާއްމު ޖަލްސާގައެވެ. އެ ނިންމުން ފާސްކުރީ 12 ކައުންސިލަރުންގެ އަޣުލަބިއްޔަތުންނެވެ.

ބެލެވޭގޮތުގައި އެޗްޑީސީއަށް ދޫކޮށްފައިވާ ހުޅުމާލޭގެ 2 ފޭސްގެ ރަޖިސްޓްރީ ސިޓީ ކައުންސިލުން ބާތިލްކުރީ ކޮތަރު ކޮށީގެ ނަމުގައި ޕީޕީއެމުން ހުކުރު ދުވަހުގެ ރޭ 21:00 ގައި ހުޅުމާލެ ފޭސް 2 ގައި ބާއްވަން އުލޭ ޖަލްސާ އަށް އެޗްޑީސީއިން ހުރަސް އެޅުމާގުޅިގެންނެވެ.

 

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button