ޚަބަރުސިޔާސީ

އެސްޑީއެފްސީން ’ފަށާ މަދަދު‘ ލޯނާއި ’ފަށާ މަދަދު‘ ލީސިން ތަޢާރަފުކޮއްފި

އެސްއެމްއީ ޑެވެލޮޕްމެންޓް ފައިނޭންސް ކޯޕަރޭޝަން(އެސްޑީއެފްސީ)އާއި ވިޔަފާރިތަކާއި ބެހޭ ވުޒާރާ ގުޅިގެން ’ފަށާ މަދަދު‘ ލޯނާއި ’ފަށާ މަދަދު‘ ލީސިން ތަޢާރަފު ކޮއްފިއެވެ.

 

އެސްޑީއެފްސީން ބުނެފައިވަނީ ފަށާ މަދަދު ލޯނުން ފައިނޭންސް ކޮށްދިނުމަށް ހަމަޖެހިފައިވަނީ، އަންހެން ވިޔަފާރިވެރިންގެ ތެރެއިން އާމްދަނީ ކަށަވަރު ނުވުމުގެ ސަބަބުން ކޮންވެންޝަނަލް ބޭންކުތަކުން ހިދުމަތް ލިބިދިނުމުގައި ދަތިތައް ދިމާވާ ފަރާތްތަކަށް ކަމަށާއި މި މަހުގެ 3 ވަނަ ދުވަހުން ފެށިގެން އެސްޑީއެފްސީގެ ކަސްޓަމާ ޕޯޓަލް މެދުވެރިކޮށް ފަށާ މަދަދު ލޯނަށް އެދި ހުށަހެޅޭނެ ކަމަށެވެ.

 

100،000 އާ 500،000 ރުފިޔާއާ ދެމެދުގެ އަދަދަކަށް ލޯނު ދޫކުރަން ހަމަ ޖެހިފައިވާ ފަށާ މަދަދު ލޯނު ސްކީމުގެ ދަށުން ގްރޭސް މުއްދަތުގެ ގޮތުގައި 12 މަސް ލިބޭނެއެވެ. ލޯނު ދެއްކުމަށް 7 އަހަރުގެ މުއްދަތެއް ވެސް ލިބެއެވެ. އަދި މި ލޯން ސްކީމުގެ ދަށުން އިންޓަރެސްޓުގެ ގޮތުގައި  6 އިންސައްތަ ނެގުމަށް ވަނީ ހަމަޖެހިފައެވެ.

 

ފަށާ މަދަދު ލޯން ސްކީމުގެ އިތުރުން އެސްޑީއެފްސީން ތައާރަފް ކޮށްފައިވަނީ ފަށާ މަދަދު ލީސިންއެވެ. މި ލޯން ސްކީމުގެ ދަށުން 10000 އާއި 100000 ރުފިޔާ އާއި ދެމެދުގެ އަދަކަށް ލޯނު ދޫކުރަން ހަމަޖެހިފައިވެއެވެ. މި ލޯނު ސްކީމުގައި ވެސް ގްރޭސް މުއްދަތުގެ ގޮތުގައި 6 މަސް ލިބޭނެއެވެ. ލޯނު ދައްކަން ފަސް އަހަރު ލިބޭ އިރު މި ލޯނު ސްކީމްގެ އިންޓްރެސްޓް ރޭޓް އަކީ 8 އިންސައްތައެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button