ޚަބަރުސިޔާސީ

”މޯސްޓް ވައިބްރަންޓް އާޓިސްޓްސް“ އަށް ހޮވުނު 5 ކުރެހުންތެރިންނަށް ރައީސް އިނާމު ހަވާލުކޮށްދެއްވައިފި

”މޯސްޓް ވައިބްރަންޓް އާޓިސްޓްސް“ އަށް ހޮވުނު 5 ކުރެހުންތެރިންނަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އިނާމު ހަވާލުކޮށްދެއްވައިފިއެވެ.

ކުރެހުންތެރިންނަށް ރައީސް އިނާމު ހަވާލު ކޮށްދެއްވީ، ނޭޝަނަލް ސެންޓަރ ފޮ ދި އާޓްސް އާއި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީއިން، އިންތިޒާމްކޮށްގެން ބާއްވާ ”އަންވެއިލިންގ ވިޝަންސް 2021“ ހުޅުވުމުގެ ރަސްމިއްޔާތުގައެވެ. މި މައުރަޒު ކުރިއަށް ދާނީ މިއަދުން ފެށިގެން މި މަހުގެ 14 ވަނަ ދުވަހުގެ ނިޔަލަށެވެ.

މިއަދު ހަވީރު ނެޝަނަލް އާރޓް ގެލެރީގައި ކުރިޔަށްދާ މި މައުރަޒަށް ރައީސް ކުރެއްވި ޒިޔާރަތުގައި މައުރަޒުގައި ދައްކާލުމަށް ބަހައްޓާފައިވާ ކުރެހުންތައް ބައްލަވާލެއްވިއެވެ.

މި ހަފްލާގައި މިނިސްޓަރ އޮފް އާޓްސް، ކަލްޗަރ އެންޑް ހެރިޓޭޖް ޔުމްނާ މައުމޫނު ވަނީ ނެޝަނަލް އާޓް ގެލެރީގެ ’ވަރޗުއަލް ގެލެރީ‘ އިފްތިތާހުކޮށްދެއްވާފައެވެ.

މޯލްޑިވްސް ކޮންޓެމްޕޮރަރީ އާޓް އެގްޒިބިޝަން ”އަންވެއިލިންގ ވިޝަންސް 2021“ އަކީ މި އަހަރު ރާއްޖޭގައި ބާއްވާ އެންމެ ބޮޑު މައުރަޒެވެ. މި މައުރަޒުގައި މިފަހަރު 67 ކުރެހުންތެރިންގެ ކުރެހުންތައް ދައްކުވައިދެއެވެ. މި ފަހަރުގެ މައުރަޒުގެ އަމާޒަކީ ރާއްޖޭގެ އެކި ކަންކޮޅުތަކުން ހުނަރުވެރި ފަންނާނުން އެއްތަނަކުން ބައްދަލުވެ، އެމީހުންގެ ހުނަރު ދައްކާލައި، އެމީހުންގެ ތަސައްވުރުގެ ތަންކޮޅެއް ހާމަކުރުމެވެ.

މި ހަފްލާގައި މޯލްޑިވިއަން އާޓިސްޓް ކޮމިއުނިޓީގެ ފަރާތުން ވަނީ ރައީސް ސޯލިހަށް ކުރެހުމެއް ވެދުމަށް އަރުވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button