ޚަބަރުސިޔާސީ

އުޖާލާ މުސްތަގުބަލަކަށް މަސައްކަތުގެ ގިޔަރު މައްޗަށް ޖައްސަން ޖެހޭ: ރައީސް ޔާމީން

އުޖާލާ މުސްތަގުބަލަކަށް މަސައްކަތުގެ ގިޔަރު މައްޗަށް ޖައްސަން ޖެހޭ ކަމަށް އިދިކޮޅު ލީޑަރު އަދި ކުރީގެ ރައިސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

ރައީސް ޔާމީން މިހެން ވިދާޅުވީ ސުޕްރީމް ކޯޓުން އެމަނިކުފާނު މިނިވަން ކުރުމާގުޅިގެން ރައްޔިތުންނަށް ޝުކުރު ދެންވުމުގެ ގޮތުން ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ރޭ ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ޔާމީން ވިދާޅުވިގޮތުގައި ރައްޔިތުންގެ މުސްތަގުބަލު އުޖާލަ ކުރުމަށް ވަތަނީ އަދި ދީނީ އުސޫލުތައް ހިފަހައްޓައިގެން މަސައްކަތް ކުރާ ހަމައެކަނި ސިޔާސީ ޕާޓީ އަކީ އިދިކޮޅު ޕީޕީއެމް ޕީއެންސީ އެވެ.

”މިއީ ބިނާކުރަނިވި ފިކުރު. މިއީ ދިވެހި އުސޫލުތައް ދަމަހައްޓާ ފިކުރު. މިއީ ވަތަނީ ފިކުރު. މިއީ ދީން ހިމާޔަތް ކުރަން އޮންނަ ފިކުރު. މިކަމުގައި ރައްޔިތުންގެ ކުރިމަކު ބައްޓަން ކުރުމައްޓަކައި، އުޖާލާ ކުރުމަށްޓަކއި އޮތް ފިކުރަކީ މި ފިކުރު. މި ހިސާބުން ފެށިގެން އަޅުގަނޑުމެން މި ކުރާ މަސައްކަތުގެ ގިޔަތު މައްޗަށް ޖައްސާނަން.“ ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސް ޔާމީންގެ މައްޗަށް ހިންގުނު ޝަރީއަތަށް ރިއާޔަތްކުރައްވައި އެމަނިކުފާނު ވިދާޅުވީ ދައުލަތުގެ ފައިސާއިން ވައްކަން ކޮށްގެން ނުވަތަ ދައުލަތުގެ ފައިސާގަ ޖެހިގެން ކަމަށް ބުނެ އަދުލުވެރިކަމާއެކީ ޝަރީއަތެއް ކޮށްފިނަމަ، އެމަނިކުފާނުގެ ހަށިކޮޅުގައި އަތްލެވޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމުގައެވެ.

ޔާމީން 5 އަހަރަށް ޖަލަށް ލުމަށް ކްރިމިނަލް ކޯޓުން 28 ނޮވެމްބަރު 2019 ގައި ހުކުމް ކުރި ބެންޗުގައި ހިމެނޭ 5 ފަނޑިޔާރުންގެ ތެރެއިން 3 ފަނޑިޔާރެއްގެ ލީކުވެފައިވާ އޯޑިއޯއަށް ރިއާޔަތް ކޮށް އެމަނިކުފާނު ވަނީ އެކަމުގެ ހަގީގަތް ބެލޭނީ ކޮން ދުވަހަކުންތޯ ސުވާލު އުފައްދަވާފައެވެ.

”3 ފަނޑިޔާރުންގެ އޯޑިއޯގެ ވާހަކަ މިހާރުވެސް އެބަ ދެކެވޭ. އެތަނުން އެއް ފަނޑިޔާރެއްގެ އޯޑިއޯއަކީ ސައްހަ އޯޑިއޯއެއް ކަމަށް ގަބޫލުކޮށް، އޭނާ ވަނީ ސަސްޕެންޑު ކުރެވިފަ. އެންމެ މީހެއްގެ ފަރާތުންވެސް އަދުލުވެރިކަން ގެއްލިއްޖެ ކަމަށް ސާބިތުވިޔަސް އެ ހިސާބުން އެ އުފެދެނީ ސުވާލުތަކެއް.“

އެމަނިކުފާނު ވިދާޅުވިގޮތުގައި ރާއްޖޭގައި އަދިވެސް އެންމެ ”ކޮރީ“ އަދުލުގެ ނިޒާމެވެ. އަދި އަދުލުގެ ނިޒާމުގެ ތެރެއަށް ވެެރިން އަތް ބޭނުން ހުއްޓާލުމަށް ޔަމީން ވަނީ ގޮވާލައްވާފައެވެ. އަދި ޖަލުގައި ހޭދަކުރެއްވި ދިގު މުއްދަތުގެ ތެރޭގައި ހެޔޮ ދުއާ ކޮށްދެއްވި ހުރިހާ ރައްޔިތުންނަށް އެމަނިކުފާނު ވަނީ ޝުކުރު ދަންނަވާފައެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button