ޚަބަރުސިޔާސީ

ޝަރީއަތުގައި އޮތް މައްސަލައަކާ ގުޅިގެން ޔާމީންގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ފުލުހުން އެދުނު ސަބަބު ސާފެއް ނުވި

ޝަރީއަތުގައި އޮތް މައްސަލައަކާ ގުޅިގެން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމުގެ ޕާސްޕޯޓު ހިފެހެއްޓުމުގެ އަމުރަކަށް ފުލުހުން އެދުނު ސަބަބު ސާފުނުވާގޮތް ވެއްޖެއެވެ.

ފުލުހުން އެދިގެން ކްރިމިނަލް ކޯޓުން ވަނީ ރައީސް ޔާމީންގެ ޕާސްޕޯޓު ހިފެހެއްޓުމުގެ 7 ދުވަހުގެ އަމުރެއް ނެރެފައެވެ. މިކަން ފުލުހުން ވަނީ ”ބޮންތި“ އަށް ކަށަވަރުކޮށްދީފައެވެ. ފުލުހުން ބުނިގޮތުގައި ޝަރީއަތުގައި ހުރި މައްސަލަތަކާ ގުޅިގެން ޔާމީން ފުރުން މަނާކުރުމުގެ އަމުރެއް ނެރުނީ މިއަދެވެ. އެކަމަކު ޝަރީއަތުގައި އޮތް މައްސަަލައަކާ ގުޅިިގެން އެފަދަ އަމުރެއް ނެރެދިނުމަށް ފުލުހުން އެދުނީ ކީއްވެކަމެއް ނުބުނެއެވެ.

ކްރިމިނަލް ކޯޓުން ރައީސް ޔާމީނަށް ކޮށްފައިވާ 5 އަހަރު ދުވަހުގެ ޖަލު ހުކުމް ސުޕްރީމް ކޯޓުން ބާތިލް ކުރީ މިއަދެވެ. ޔާމީން މިނިވަންވުމާއި ގުޅިގެން ކުރިޔަށް އޮތް ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު އެމަނިކުފާނަށް މިހާރު އެބައޮތެވެ. އެކަމަކު ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހުން ޔާމީންގެ މައްޗަށް އުފުލާފައިވާ އިތުރު 4 ދައުވާގެ މައްސަލަ ނިމޭގޮތަކުން އެ ފުރުސަތު ހަނިވުމަކީ އެކަށީގެންވާ ކަމެކެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button