ޚަބަރު

ދޫނިދޫ ބަނދަރު ޝީޓް ޕައިލް ކުރުމުގެ މަސައްކަތުގެ ބޮޑުބައެއް ނިމިއްޖެ

ކ.ދޫނިދޫ ބަނދަރު ތަރައްޤީ ކުރުމާއި ބިން ހިއްކުމުގެ މަޝްރޫޢުގެ ދަށުން، އެއްގަމު ތޮށި ލުމަށް ބޭނުންވާ ޝީޓް ޕައިލް ކުރުމުގެ މަސައްކަތުގެ 85 ޕަސެންޓް ނިމިއްޖެއެވެ.

އެމްޓީސީސީއިން މިއަދު ބުނިގޮތުގައި މި މަޝްރޫޢުގެ ދަށުން، 4.61 އޭކަރުގެ ސަރަޙައްދެއްގެ ބަނދަރު ފުންކުރުމާއި، 3.75 އޭކަރުގެ ސަރަޙައްދެއްގެ ބިން ހިއްކުމާއި، 370 މީޓަރުގެ ސަރަޙައްދެއްގައި ބޭރުތޮށިލުން ހިމެނެއެވެ. މީގެ އިތުރުން 620 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުމާއި، 250 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމުތޮށި ލުމާއި، 250 މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުމުގެ އިތުރުން ބަނދަރު ބައްތި ހަރުކުރުން ހިމެނެއެވެ.

މި މަޝްރޫއަކީ މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރގެ ފަރާތުން 51.4 މިލިއަން ރުފިޔާއަށް އެމްޓީސީސީއާއި ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއެކެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button