
ފްރާންސް ފުޓްބޯޅައިން ހޮވާ، ދުނިޔޭގެ އެންމެ މޮޅު ފުޓްބޯޅަ ކުޅުންތެރިއާއަށް ދޭ ބެލޮންޑިއޯ އެވޯޑް ޕީއެސްޖީގެ ފޯވާޑް ލިއޮނަލް މެސީ ކާމިޔާބުކޮށްފިއެވެ.
މިއީ މެސީ މިއެވޯޑު ކާމިޔާބުކުރި 7 ވަނަ ފަހަރެވެ.
އެންމެ ގިނަ ބެލޮންޑިއޯ ކާމިޔާބު ކުރުމުގެ ޝަރަފު ހޯދި މެސީ ވަނީ، 2021ގެ އިތުރުން، 2009، 2010، 2011، 2012، 2015، 2019ގައި މި އެވޯޑް ކާމިޔާބުކޮށްފައެވެ.
މެސީ އާއި އެންމެ ގާތަށް މި އެވޯޑު ކާމިޔާބު ކޮށްފައި ވަނީ ޕޯޗުގަލްގެ ކްރިސްޓިއާނޯ ރޮނާލްޑޯއެވެ. އޭނާ ވަނީ މިއެވޯޑު 5 ފަހަރު ކާމިޔާބުކޮށްފައެވެ. ނަމަވެސް މިފަހަރު ރޮނާލްޑޯއަށް ލިބިފައި ވަނީ 6 ވަނައެވެ.
މި އެވޯޑު ކާމިޔާބު ކުރާނެ ކަމަށް އެންމެ ގިނަ މީހުން ލާފާކޮށްގެން ހުރި ބަޔާންގެ ތަރި ރޮބާޓް ލެވަންޑޯސްކީ އަށް ލިބުނީ 2 ވަނައެވެ. އޭނާ ވަނީ ކުޅުނު 54 މެޗުން 64 ޖޯލު ކާމިޔާބު ކޮށްފައެވެ. އެވޯޑު ކާމިޔާބު ކުރި މެސީ އަށް ކާމިޔާބު ކުރެވިފައި ވަނީ 40 ޖޯލެވެ.
ލެވަންޑޯސްކީ ވަނީ 3 ޓްރޮޕީ އެއް މިއަހަރު ކާމިޔާބު ކޮށްފައެވެ. މެސީ އަށް ކާމިޔާބު ކުރެވިފައިވަނީ އެންމެ 2 ޓްރޮފީއެވެ.
ލެވަންޑޯސްކީ އަށް މި އެވޯޑު ނުލިބުމާއި ގުޅިގެން ގިނަ ބަޔަކު އަންނަނީ ފްރާންސް ފުޓުބޯޅައަށް ވަރަށް ބޮޑަށް ފާޑު ކިޔަމުންނެވެ.