ޚަބަރުސިޔާސީ

ނަޒާހާތްތެރި ކަމުގެ ސުވާލު އެމްޑީޕީން އުފެއްދި އުޝާމް، ހައިދަރު އަދި ޝަހީމު ފިޔަވައި، ހުރިހާ ވަޒީރުންނަށް ރުހުން ދީފި!

ވަޒީރުންނަށް ރުހުން ދިނުމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހުން ނިންމައި ތިން ވަޒީރަކު ފިޔަވައި އެހެން ބޭފުޅުންނަށް ރުހުން ދީފިއެވެ.

ރުހުން ނުދޭން ނިންމި ވަޒީރުންނަކީ އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު އާއި، ހައުސިންގ މިނިސްޓަރ ޑރ.އަލީ ހައިދަރުގެ އިތުރުން ވަޒީރުންގެ ކެބިނެޓްގައި ހިމެނިވަޑައިގަންނަވާ ބަންޑާރަ ނައިބު އަހުމަދު އުޝާމެވެ.

އުޝާމަށް ރުހުން ދޭން ނުފެންނަ ކަމަށް 44 މެންބަރުން ވޯޓު ދެއްވިއިރު، ފެންނަ ކަމަށް ވޯޓު ދެއްވީ 24 މެންބަރުންނެވެ. ޝަހީމަށް ރުހުން ދޭން ނުފެންނަ ކަމަށް 31 މެންބަރުން ވޯޓު ދެއްވި އިރު، ފެންނަ ކަމަށް ވޯޓު ދެއްވީ 30 މެންބަރުންނެވެ. 8 މެމްބަރަކު ވަކި ކޮޅަކަށް ވޯޓު ނުދެއްވައެވެ. އަދ ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރަށް ރުހުން ދޭން ނުފެންނަ ކަމަށް 46 މެންބަރުން ވޯޓު ދެއްވިއިރު، ފެންނަ ކަމަށް ވޯޓު ދެއްވީ 24 މެންބަރުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

Back to top button