ޚަބަރުސިޔާސީ

ފައިސަލަށް ރައީސްކަން ހަވާލުކުރި ކުރުން ރުޖޫއަ ކޮށްފިތޯ ރައީސް ޔާމީން ސުވާލު ކުރައްވައިފި

ނައިބު ރައީސް ފައިސަލް ނަސީމަށް ރާއްޖޭގެ ރައީސްކަން ހަވާލު ކުރި ކުރުން ރުޖޫއަ ކޮށްފިތޯ އިދިކޮޅު ލީޑަރު އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ސުވާލު ކުރައްވައިފިއެވެ.

ރާއްޖޭގައި ދެ ރައީސަކު ވެރިކަން ކުރައްވާކަން ފާހަގަކުރައްވައި ރައީސް ޔާމީން ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ފައިސަލް ނަސީމަކީ ރައްޔިތުންނަށް އޮޅުވައިލެއްވި ދެ ބޭފުޅުން ކަމުގައެވެ.

”އޮޅުވައިލެވުނު އިންތިހާބަކުން ނާޖާއިޒް ފައިދާ ނެންގެވި ރައީސް ސޯލިހަށް މަގާމުގެ ޒިންމާ އަދާ ނުކުރެވޭ ހާލަތެއް މެދުވެރިވުމުން، ސުޕްރީމް ކޯޓުން ރައީސް ކަން ހަވާލު ކުރި ފައިސަލްގެ މަގާމު ރުޖޫއަ ކުރެއްވީ ތޯ.؟“ ޔާމީން ވިދާޅުވިއެވެ.

https://twitter.com/prz_ymn/status/1523531525286875137?s=20&t=7TurBgZUgYCQy3Tk2JcJ3Q

ފައިސަލް ނަސީމް ރައީސް ކަމުގެ ހުވާ ކުރެއްވީ ތައިރޮއިޑް އޮޕަރޭޝަނެއް ކުރެއްވުމަށް ރައީސް ސޯލިހު ހޭނައްތަން ޖެހުމާ ގުޅިގެންނެވެ. އެކަމާ ގުޅިގެން އިދިކޮޅުގެ އިތުރުން ބައެއް ގާނޫނީ ވަކީލުން ބުނީ އެ ހުވާ ނުކުރިޔަސް ވަގުތީގޮތުން ހަވާލުވުމުން ނިމުނީ ކަމުގައެވެ.

2 Comments

  1. ޔާމިނުބަލާބަލަ ފުރަތަމަ އެހެންކަންކަން ބެލުންހުއްޓާފަ.. ފާތުމަ ކައިރި އެކަހެރި ބައްދަލުވުމައް އަންނަން ކިޔާ ކިޔާ ނައިސްގެން އުޅޭއިރު ފުރަތަމަ ބަލާބަލަ ރުބޭލް އެބަކިޔާ އޭނަގެއޯ ޓްވީންސް އެއްކަމައް.. ޖަލުގެ އޮއްވަ ފާތުމަ ވިހަންވީއޯ..

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button