މާދަމާ އިދިކޮޅު ޕީޕީއެމް/ ޕީއެންސީއަށް ވެރިކަން ލިބުނަސް އަވައްޓެރި އިންޑިއާ އާއި އެކު އެއްބަސްވުންތައް ހަދާނެ ކަމުގައި މަޖިލީހުގެ އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒެއިނާ އާދަމް ވިދާޅުވެއްޖެއެވެ.
ރޮޒެއިނާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޕީޕީއެމްއާއި ޕީއެންސީން ”ރައްޔިތުން ގުނބޯ ހައްދައިގެން“ އިންޑިއާ އައުޓް ގޮވި ނަމަވެސް ރާއްޖޭގެ މިނިވަން ކަމަށް އެއްވެސް ނުރައްކަލެއް ނެތް ކަން އެ ޕާޓީތަކުގެ ލީޑަރުންނަށް އެނގިވަޑައިގަންނަވާނެ ކަމަށެވެ.
Maadhan verikan libunas thi PPM meehun thibeynee hama anekkaa India aa ekeega aneh agreementeh hadhaigen. Kurin ves PPM in hedhi agreementeh UT agreement akeeves. Rayyithunge hithuga ekuveri qaumu thakaa medhu ufahdhaa nafrathuge sababun libeyne evves molheh noannaane.
— 𝐌𝐏 𝐑𝐨𝐳𝐚𝐢𝐧𝐚 𝐀𝐝𝐚𝐦 🎈 (@Roxeyna) November 12, 2021
ރޮޒެއިނާ އިތުރަށް ވިދާޅުވީ ރައްޔިތުންގެ ހިތުގައި އެކުވެރި ގައުމުތަކުގެ މެދުގައި އުފައްދާ ނަފުރަތުގެ ސަބަބުން ލިބޭނެ އެއްވެސް މޮޅެއް ނޯންނާނެ ކަމަށެވެ. އަދި ސިޔާސީ ލީޑަރުންނަށް ރަނގަޅަށް އެނގިވަޑައިގެން ތިބެ ރައްޔިތުންނަށް އޮޅުވާލައިގެން ގައުމުތަކާ މެދު ނަފުރަތު އުފެއްދުން ވަރަށް ދެރަވަރު ކަމަށް އޭނާ ވިދާޅުވިއެވެ.