ޚަބަރުސިޔާސީ

2018 ގެ އިންތިހާބުގެ ވޯޓުން ވައްކަން ކުރި ގޮތް އަދި ރައްޔިތުންނަށް އެނގޭނެ: ނަރީޝް

2018 ވަނަ އަހަރު ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރަން އެމްޑީޕީން ވޯޓުން ވައްކަން ކުރިގޮތް އަދި ރައްޔިތުންނަށް އެނގޭނެ ކަމަށް މާލޭ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް މިފަދައިން ވިދާޅުވީ އެމްޑީޕީގެ ކުރީގެ އަލްހާން ނައިބް ރައީސް އަލްހާން ފަހްމީއަށް ޓްވީޓާގައި ރައްދު ދެއްވަމުންނެވެ.

އަލްހާން ކުރެއްވި ޓްވީޓުގައި އޭނާ ވިދާޅުވީ 2018 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި އޭނާ ތާއީދު ކުރެއްވީ ރައީސް ޔާމީނަށް ކަމަަށާއި ނަމަވެސް އިންތިހާބުގެ ނަތީޖާ ބަދަލުކުރަން ކޯޓަށް ދިއުމުން އެކަމުގެ އެންމެ ބޮޑު ހުރަހަކަށްވީ އޭނާ ކަމުގައެވެ.

އެ ޓްވީޓަށް ރައްދު ދެއްވަމުން ނަރީޝް ވިދާޅުވީ އިސްލާމީ އުއްމަތެއްގެ ވެރިކަމަކީ الله ސުބުހާނަހޫ ވަތައާލާގެ ހަޒްރަތުން މަތިކުރެވޭ ވަރަށް މަތިވެރި އަމާނާތެއް ކަމަށެވެ. އަދި ރައީސް ޔާމީންގެ ވެރިކަން ބަދަލުކުރީ ކިހިނެތްކަން އަދި ކިޔައިދޭނެ ކަމަށާއި ވޯޓުން ވައްކަން ކުރިގޮތް އަދި ރައްޔިތުންނަށް އެކަން ކުރި މީހުން ކިޔައިދޭނެ ކަމުގައެވެ.

ނަރީޝް އިތުރަށް ވިދާޅުވީ މިއަދު ވެރިކަމުގެ ހުރިހާ އާރަކާއި ބާރެއް އެމްޑީޕީއަަށް ދިނީމަ، ދީން މަތިވެރިއެއް ނުކުރެވުނު ކަމަށާއި މިނިވަންކަމާއި އިސްތިގްލާލް ހިމާޔަތް ނުކުރެވުނު ކަމަށެވެ. އަދި ރައްޔިތުންގެ ހައްގުތަށް ހިމާޔަތް ނުކުރެވި ގައުމުގެ އިގްތިސާދު ކޮޅަށް ނުޖެހުނު އަދި ދިވެހީންގެ ދިވެހި ވަންތަކަން ދަމަހައްޓާނުލެވުނު ކަމުގައި ނަރީޝް ވިދާޅުވިއެވެ.

 

One Comment

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button