ޚަބަރުސިޔާސީ

ފަތުރުވެރިކަން ބޯއިކަޓް ކުރަން ގޮވާލެއްވި ނަސީމަށް ނިޝާން މުލީގޭ ޝަރަފުގެ އިއްޒަތް އަރުވައިފި

ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް، ރާއްޖޭގެ ފަތުރުވެރިކަމުގެ އެއް ބާނީ ކަމަށްވާ މިނިސްޓަރ އޮފް ހެލްތުގެ މަގާމުގައި ހުންނެވި އަޙްމަދު ނަސީމަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އަރުވައިފިއެވެ. އަޙްމަދު ނަސީމަށް މި ޢިއްޒަތް އެރުވީ، މި އަހަރުގެ ޤައުމީ އިނާމު ދެއްވުމަށް ދަރުބާރުގޭގައި ރޭ ބޭއްވެވި ރަސްމީ ޖަލްސާގައެވެ.

މި ޢިއްޒަތް ނިސްބަތްވަނީ އައްސުލްޠާން މުޙައްމަދު ޝަމްސުއްދީނަށެވެ. އަޙްމަދު ނަސީމަށް ނިޝާން މުލީގޭ ޝަރަފުގެ ޢިއްޒަތް އެރުވުމަށް ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙް ކަނޑައެޅުއްވީ، ރާއްޖެއަށް ފަތުރުވެރިކަން ތަޢާރުފު ކުރެއްވުމުގައި މުހިންމު ދައުރެއް އަދާކުރެއްވި އެއް ބާނީ ކަމަށްވާތީއާއި، ރާއްޖޭގައި ފަތުރުވެރިކަން ތަރައްޤީވެ ކުރިއަރާނެކަމުގެ އެއްވެސް އަލިމަގެއް ފެންނާން ނެތް ދުވަސްވަރެއްގައި އިސްނަންގަވައިގެން އެކަމަށް ކުރެއްވި މަސައްކަތްޕުޅުތަކާއި، ވެވަޑައިގެންނެވި ޤުރްބާނީގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނާއި، ތަފާތު އެކި މަގާމުތަކުގައި ހުންނަވައިގެން، ދިވެހި ދައުލަތަށާއި ދިވެހި ޤައުމަށް 37 އަހަރަށްވުރެ ދިގު މުއްދަތެއްގައި ކޮށްދެއްވާފައިވާ އަގުހުރި ޚިދުމަތްތަކުގެ އަގު ވަޒަންކުރެއްވުމުގެ ގޮތުންނެވެ.

ރޭގެ ޖަލްސާގައި ރައީސް ދެއްކެވި ވާހަކަފުޅުގައި، އަޙްމަދު ނަސީމް ކޮށްދެއްވި ޚިދުމަތްތަކަކީ، ޤައުމީ ފެންވަރެއްގައި ފާހަގަކުރަންޖެހޭނެ ޚިދުމަތްތަކެއް ކަމަށް ގަބޫލުފުޅުކުރައްވާ ކަމުގައި އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

ނަސީމަކީ ފަތުރުވެރިކަމުގެ ދާއިރާގައި ފާހަގަކޮށްލެވޭ ބޭފުޅެއްގެ އިތުރުން ކުރީގެ ރައީސް ޔާމީން އަބްދުލްގައްޔޫމުގެ ވެރިކަމުގައި ފަތުރުވެރިން ނައުމަށާއި، ރާއްޖެ ބޯއިކަޓް ކުރުމަށްވެސް ގޮވާލެއްވި ބޭފުޅެކެވެ.

One Comment

  1. Fathuverin boiketu kurumah govaaleethi dhin ewodeh e ee, RI komme kameh ves ewodeh ves raees ofeehuge magaameh ves wadhi vazeefaage kurierumeh ves dhevvaafa huree RY ah jessun Koh gaumah gellundheyn gaumu fanaa kuran nukuiy meehun bala balaigen, adhi mihaaru dhauru numey iruves e balanee RY ah aniyaaeh kurevey thoa RI AA RM ah vure hasadhaveri bayaku mi gaumugaa adhi verikan kuravvaafaeh neh.

Leave a Reply

Your email address will not be published. Required fields are marked *

Back to top button