ޚަބަރުސިޔާސީ

ދަރަނި އިތުރުވީ ކޮވިޑް މެނޭޖް ކުރަން ޖެހުމުން: އަމީރު

ދައުލަތުގެ ދަރަނި އިތުރު ކުރަން ޖެހުނީ ކޮވިޑް19 ގެ ހާލަތުން އަރައިގަތުމަށްޓަކައި ކަމުގައި ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު ވިދާޅުވެއްޖެއެވެ.

އަމީރު މިފަދައިން ވިދާޅުވީ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް ހާޒިރުވެވަޑައިގެންނެވެ. ކޮވިޑް-19 ކުރިމަތިވުމުގެ ސަބަބުން 2020، 2021، އަދި 2022 އަށް ސަރުކާރުން އަންދާޒާ ކުރި އާމްދަނީން 36 ބިލިއަން ރުފިޔާ ނުލިބި ގޮސްފައިވާކަން އަމީރު ފާހަގަ ކުރެއްވިއެވެ.

”ދަރަނި ނަގައިގެން [ލަފާކުރި އާމްދަނީން ގެއްލުނު ބައި] މި ހަމަޖެއްސީ. އަޅުގަނޑުމެން ކްރައިސިސްއެއްގައި މެނޭޖް ކުރަން ވެގެން ދަރަނި ނަގަން ޖެހުނީ،“ އަމީރު ވިދާޅުވިއެވެ.

އަމީރު އިތުރަށް ވިދާޅުވީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ދަރަނި 150 އިންސައްތައަށް އިތުރުވިޔަސް 2023 ވަނަ އަހަރުގައި އެ ނިސްބަތުން ދަރަނި 105 އިންސައްތައަށް ތިރި ކުރެވޭނެ ކަމުގައެވެ.

 

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button