
މަޖިލިސް ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ކޮށްފައިވާ ހުކުމް ބާތިލު ނުކޮށް އެމައްސަލަތައް ރިވިއު ނުކުރަނީ ކީއްވެގެންތޯ މި ސަރުކާރުގެ ފުރަތަމަ ކޮމިއުނިކޭޝަން މިނިސްޓަރ މުހައްމަދު މަލީހް އަހުމަދު ސުވާލު އުފައްދަވައިފިއެވެ.
ކްރިމިނަލް ކޯޓުގެ ކުރީގެ އިސް ގާޒީ އަބްދުﷲ މުހައްމަދު ރަހީނުކޮށް އާއިލާއަށް ވީނުވީތަނެއް ނާންގާ ގެއްލުވާލި މައްސަލަގައި ގާޒީއަށް އިންސާފު ނުލިބެނީތޯ މަލީހް ވަނ ސުވާލު އުފައްދަވާފައެވެ.
އަބްދުﷲ ޤާޒީ ރަހީނުކޮށް އާއިލާއަށް ވީނުވީތަނެއް ނައަންގާ ގެއްލުވާލި މައްސަލަގައި ޤާޒީއަށް މިޤައުމުން ދެން އިންސާފު ނުލިބެނީތޯ? ރ.ނަޝީދުގެ މައްޗަށްކޮށްފައިވާ ހުކުމް ބާތިލު ނުކުރޭ. ކީއްވެތޯ ޕީޖީ އެމައްސަލަ ރިވިއުއަށް ނުލައިގެން އުޅެނީ? ޤާނޫނު އެއީ ވަކިބަޔަކަށް އޮންނަ އެއްޗެއްތޯ?
— Mohamed Maleeh Jamal (@maleehjamal) November 6, 2021
ގާނޫނަކީ ވަކިބަޔަކަށް އޮންނަ އެއްޗެއްތޯ ސުވާލު އުފައްދަވައި މަލީހު ވަނީ ސަރުކާރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެފައެވެ.