ޚަބަރު

ހޮސްޕިޓަލަށް ގޮސްގެން ފަރުވާ ހޯދަން އައިޖީއެމްއެޗުން އަލުން ފަށަނީ

ކޯވިޑް-19ގެ ހާލަތާގުޅިގެން ހޮސްޕިޓަލަށް ގޮސް ފަރުވާހޯދުން މެދުކަނޑާލާފައި އޮތުމަށްފަހު، މާދަމާ އަލުން އެ ހިދުމަތް ފަށަން އައިޖީއެމްއެޗުން ނިންމާފިއެވެ.

އެ ހޮސްޕިޓަލުން މިއަދު ބުނިގޮތުގައި ކޯވިޑާއި ގުޅިގެން ސަރުކާރުން އެޅި ރައްކާތެެރިކަމުގެ ފިޔަވަޅުތަކަށް ލުއިދޭން ނިންމާފައިވާތީ ހޮސްޕިޓަލުގެ ހިދުމަތްތައް އަލުން ފަށަން ނިންމީއެވެ.

އެގޮތުން އޯޕީޑީގެ އިތުރުން ފިޒިއޮތެރަޕީ އާއި އޮކިއުޕޭޝަނަލްތެރަޕީ ސެޝަންތައްވެސް އައިޖީއެމްއެޗުގައި ފަށާނެ އެވެ. އަދި ކުރިން އޮންލައިންކޮށް ދެމުން އައި ނަފުސާނީ ފަރުވާގެ ހިދުމަތްތައް ވެސް ހޮސްޕިޓަލަށް މީހުން ގެންގޮސްގެން ދޭނެ އެވެ. ރޭޑިއޯލޮޖީ ޑިޕާޓްމަންޓާއި ލެބޯރެޓަރީގެ ހިދުމަތް ވެސް އަލުން ފަށަން ވަނީ ނިންމާފައެވެ.

އައިޖީއެމްއެޗުން ބުނީ ހޮސްޕިޓަލަށް ގޮސް ހިދުމަތް ހޯދުމަށް ހުޅުވައިލި ނަމަވެސް، ޑިޕާޓްމަންޓުތަކުން އޮންލައިންކޮށް މިހާރު ވެސް ދެމުން އަންނަ ހިދުމަތްތައް މެދުކަނޑައިނުލާނެ ކަމަށެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button