ޚަބަރު

ޓީމުގެ ކުޅުމާމެދު ފަހުުވެރިވަން: ރައީސް ސޯލިހު

އުރީދޫ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުން ދެއްކި ކުޅުމާމެދު ފަހުރުވެރިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހް މިއަދު ވިދާޅުވެއްޖެއެވެ.

ރައީސް ކުރި ޓްވީޓެއްގައި ވިދާޅުވީ މި އަހަރުގެ ސާފް ޗެމްޕިއަންޝިޕްގައި ރާއްޖެ ޓީމުން ދެއްކި މޮޅު ކުޅުމާއި މެދު ފަހުރުވެރިވާ ކަމަށާއި މިފަހަރުގެ މުބާރާތުގެ ފައިނަލަށް ދަތުރު ނުކުރެވުނު ނަމަވެސް ޓީމުން ދަނޑުމަތީގަ އާއި ދަނޑުން ބޭރުގައި ކުރި ހިތްވަރަށް ޝުކުރާއި ތައުރީފު ހައްގުކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ދިވެހި ޓީމުން އިތުރު ކުރިއެރުން ތަކެއް ހޯދާނެ ކަމުގެ ޔަގީންކަން އެމަނިކުފާނަށް އެބައޮތް ކަމަށް ވެސް ވިދާޅުވި އެވެ.

ރައީސް ސޯލިހު ވަނީ މި މުބާރާތުގައި ރާއްޖެ ކުޅުނު ހުރިހާ މެޗެއް ބައްލަވާލެއްވުމަށް ގައުމީ ސްޓޭޑިއަމްއަށް ވަޑައިގަންނަވާފަ އެވެ. ސާފް ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތުން ރާއްޖެ ކެޓީ ވާދަވެރި އިންޑިއާއާ ރޭ ބައްދަލުކޮށް 3 – 1 އިން ބަލިވުމަކުންނެވެ.

Leave a Reply

Your email address will not be published. Required fields are marked *

ގުޅުންހުރި ލިޔުންތައް

Back to top button